އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަވާ ގޮތަށް، ރިޕޯޓެއް ޝާއިއު ކުރި މައްސަލައިގައި މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލަން ދިވެހި ސަރުކާރުން ނިންމައިފި އެވެ.

ސަރުކާރުން އެމްޑީއެން އުވާލަން ނިންމާފައިވާކަން ޖަމްއިއްޔާތަކުގެ ބެލެނިވެރި ފަރާތް ޔޫތް މިނިސްޓަރު، އަހުމަދު މަހުލޫފް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

އެކަން ކަށަވަރުކޮށްދެއްވައި މިނިސްޓަރު މަހުލޫފް މިއަދު ވަނީ އެކަމާ ގުޅޭ ގޮތުން ޔޫތް މިނިސްޓްރީއިން ނެރެފައިވާ ރަސްމީ އިއުލާން އާންމު ކުރައްވައިފަ އެވެ.

އެ އިއުލާނުގައި ބުނެފައި ވަނީ، ޖަމްއިއްޔާތަކުގެ ގާނޫނުގެ 19 ވަނަ މާއްދާގެ ހ. އާއި ށ. އަދި އެ ގާނޫނުގެ 32 ވަނަ މާއްދާގެ ދަށުން މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކްގެ ރަޖިސްޓްރީ ބާތިލް ކުރަން ނިންމިކަން މިއަދު އެ ޖަމްއިއްޔާއަށް އަންގާފައިވާ ކަމަށެވެ.

އެމްޑީއެން އުވާލަން ނިންމާފައި މިވަނީ އެ ޖަމިއްޔާ އުވާލުމަށް ގޮވާލާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިހުތިޖާޖު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.