ސަރުކާރުގެ ފަރާތުން ޑޭކެއާ ސެންޓަރެއް ނޫނީ ވަޒީފާއަށް ދާ މައިންބަފައިންގެ ދަރިން ބަލައިދޭނެ ސެންޓަރެއް ގާއިމުކުރަން ނިންމައި، އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓުގައި އެކަމަށް ފައިސާ ހިމަނައިފި އެވެ.
މި ޑޭކެއާ ސެންޓަރު ގާއިމު ކުރާނީ މާލޭގަ އެވެ. އެ ސެންޓަރު ގާއިމު ކުރުމަށް 4.63 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.
މާލޭގައި މިހާރުވެސް ގިނަ އަދަދެއްގެ ޑޭކެއާ ސެންޓަރުތައް ހުރިއިރު،ސަރުކާރުގެ ފަރާތުން ޑޭކެއާ ސެންޓަރެއް ހަދާ މިއީ ފުރަތަމަ ފަހަރެވެ.
ރައޔިތުންގެ މަޖިލީހަށް ފިނޭންސުން ހުށަހެޅުއްވި ބަޖެޓްގެ ޖުމްލަ އަކީ، 37.50 ބިލިއަން ރުފިޔާ އެވެ. އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 29.92 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.