ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) އިން ކުރިމިނަލް ކޯޓްގެ އިސް ގާޒީ އަހުމަދު ހައިލަމް ސަސްޕެންޑްކޮށްފި އެވެ. 

އެކަމާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ހުކުމް އިއްވުމަށް މިއަދު މެންދުރު 1:00 ގައި ކުރިމިނަލް ކޯޓްގައި ބާއްވަން ތާވަލް ކުރި އަޑުއެހުން މިހާރު ވަނީ ކެންސަލްކޮށްފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޗޭނު އަޅުވާފައި ހުރި ކާޓޫނެއް ބޭނުންކޮށްގެން ނަސްރުގެ ދުވަހުގެ ތަހުނިޔާ ކިޔުމުން އިއްޔެ އިސް ގާޒީ ހައިލަމްގެ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.

އެކަމާ ގުޅިގެން އޭނާގެ ސުލޫކީ މައްސަލަ ބަލަން ނިންމައި، މިއަދު ހެނދުނު 8:00އަށް ޖޭއެސްސީއަށް ހާޒިރުވެވަޑައިގަތުމަށް އެ ކޮމިޝަނުން އޭނާއަށް އަންގާފައިވީ ނަމަވެދސް ހައިލަމް ވަނީ  އެ ކޮމިޝަނަށް ހާޒިރުވުމަށް އުޒުރުވެރިވާ ކަމަށް ބުނެ ސިޓީ ފޮނުވައިފަ އެވެ.

ޖޭއެސްސީއިން ހައިލަމް ސަސްޕެންޑު ކުރަން ނިންމި ނިންމުމާ ގުޅިގެން ނެރުނު ބަޔާނުގައި ބުނީ، ޖޭއެސްސީއަށް ހާޒިރުވާން އުޒުރުވެރިވެ ހައިލަމް ފޮނުވި ސިޓީގައި މަގުބޫލު ސަބަބެއް ބަޔާން ނުކުރާ ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.