ފުވަައްމުލަކުގައި ރޭ ހިނގި އެކްސިޑެންޓެއްގައި މީހަކަށް ސީރިއަސް އަނިޔާތަކެއްވެ، އެ ސިޓީގައި ހުންނަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާން ދޭން ފަށައިފި އެވެ.
ފުލުހުން ވިދާޅުވީ އެކްސިޑެންޓް ހިނގީ ފުވައްމުލަކު ސިޓީގެ ސްޑޭޑިއަމް ކައިރިން ރޭ 23:50 އެހާކަންހާއިރު ދުއްވާފައި ދިޔަ ސައިކަލެއް ވެއްޓިގެން ކަމަށެވެ. އަދި ސައިކަލުން ވެއްޓުނު މީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
މި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް، ސްޕީޑް ބްރޭކަރެއްގައި ޖެހި ކޮންޓްރޯލް ނުކުރެވި ސައިކަލް ވެއްޓިގެނެވެ.
އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ އުމުރުން 26 އަހަރުގެ ދިވެހި ޒުވާނަކަށެވެ.