އިމްޕޯޓު ޑިއުޓީ އާއި ކަސްޓަމްސް ފީއަށް އަންނަ އަހަރު ސަރުކާރުން ގެންނަ ބަދަލުތަކުގެ ތެރޭގައި ކޮންމެ ސިނގިރޭޓަކުން ޑިޔުޓީގެ ގޮތުގައި އިތުރު އެއް ރުފިޔާ ނަގަން ހުށަހަޅައިފި އެވެ.

އަންނަ އަހަރަށް ލަފާކޮށްފައިވާ ބަޖެޓުގައި އާމްދަނީ އިތުރު ކުރުމަށް ކުރެވެން ހުރި ކަންކަމުގެ ތެރޭގައި، ރާއްޖެއަށް އެތެރެކާ ކުރާ ކޮންމެ ސިނގިރޭޓަކަށް މިހާރު ނަގާ ޑިއުޓީ ދެ ރުފިޔާ އިން ތިން ރުފިޔާ އަށް ބަދަލު ކުރުމަށް ވަނީ ހިމަނައިފަ އެވެ.

މީގެ ދެ އަހަރު ކުރިން ކޮންމެ ސިނގިރޭޓަކުން ނަގަމުން އައި 1.75 ރުފިޔާގެ ޑިޔުޓީ ވަނީ ދެ ރުފިޔާއަށް ބޮޑުކޮށްފަ އެވެ. އޭރު ގެނައި ބަދަލުގެ ސަބަބުން 20 ސިނގިރޭޓު ހިމެނޭ ފޮށްޓެއްގެ އަގު 70 ރުފިޔާއަށް ވަނީ އުފުލިފަ އެވެ. 

އަންނަ އަހަރު ސަރުކާރުން ހުށަހަޅާފައިވާ ބަދަލާއެކު 20 ސިނގިރޭޓު ހިމެނޭ ފޮށްޓެއްގެ އަގު މަދުވެގެން 90 ރުފިޔާއަށް އަރާނެކަމަށް ބެލެވެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.