މާލެ، ވިލިނގިލި، ގުޅީފަޅު އަދި ތިލަފުށި ބްރިޖަކުން ގުޅާލުމުގެ މަސައްކަތް އަންނަ އަހަރު ފެށުމަށް ނިންމައިފިއެވެ.

މާލެ، ވިލިނގިލި، ގުޅީފަޅު އަދި ތިލަފުށި ބްރިޖަކުން ގުޅާލުމުގެ މަސައްކަތް އަންނަ އަހަރު ފެށުމަށް ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ އެ ބްރިޖުގެ މަސައްކަތް ފެށުމަށް އަންނަ އަހަރުގެ ބަޖެޓުގައި 411 މިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށެވެ.

އަދި ބުރިޖު އެޅުމަށް ކުރަން ޖެހޭ ދިރާސާތައް މިހާރު ވެސް ކުރަމުންދާ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

މިދިޔަ ޖުލައި މަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަންނަ އަހަރު ފެބްރުއަރީ މަހުގެ ތެރޭގައި ބްރިޖުގެ އަމަލީ މަސައްކަތް ފެށުމަށް ފަހު ދެ އަހަރުގެ ތެރޭގައި ނިންމާލާނެ ކަމަށް ވިދާޅުވެފައެވެ.

"އެ މަޝްއޫއަށް ހިއްކުމުގެ މަސައްކަތް ނޮވެމްބަރު މަހު ފަށައި އެތާގެ ސްޓްރަކްޗާ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭ ފަށާނެ، އެ މަޝްރޫއަށް ގާތްގަނޑަކަށް ދެ އަަހަރު ހޭދަވާނެ،" ރައީސް ވިދާޅުވިއެވެ.

ގާތްގަނޑަކަށް 488 މިލިއަން ޑޮލަރު އެ މަޝްރޫއަށް ހަރަދުވާނެ ކަމަށް ސަރުކާރުން މީގެކުރިން ލަފާކޮށްފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.