އާމްދަނީން ޓެކްސް ނެގުމުގެ ނިޒާާމް ތައާރަފް ކުރުމާއި އެކު ބިދޭސީންނަށް ކޯޓާ ފީއެއް ތައާރަފް ކުރަން 2020 ވަނަ އަހަރުގެ ބަޖެޓުގައި ހިމަނައިފިއެވެ.

2020 ވަނަ އަހަރުގެ ބަޖެޓުގައި، އާމްދަނީ އިތުރުކުރުމަށް ހުށަހަޅާފައިވާ އާ ކަންތައްތަކުން އަންނަ އަހަރު ޖުމްލަ 2.6 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެކަމަށް ލަފާކޮށްފައިވެއެވެ.

އޭގެ ތެރެއިން 28 ޕަސެންޓް ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ކޯޓާ ފީއެއް ތާއަރަފް ކުރުން އަދި ވަރކް ޕާމިޓް ފީ މަތިކުރަން ހަމަޖައްސާފައިވާއިރު، އާމްދަނީން ޓެކްސް ނިޒަމް ތައާރަފްކުރަން 27 ޕަސެންޓް ހަމަޖައްސާފައިވެއެވެ.

ޓެކްސް ނިޒާމާއި ބެހޭ ގޮތުން ބަޖެޓް ހުށައަޅުއްވަމުން ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ޓެކުހުގެ ނިޒާމަކީ ވަށާޖެހޭ ނިޒާމަކަށް ހެދުމަށްޓަކައި އާމްދަނީން ޓެކްސް ނެގުމުގެ ސިޔާސަތު ކަނޑައަޅާ ތަންފީޒުކުރަން ފެށިގެން ދާނެ ކަމަށެވެ. ސަރުކާރުން ހުށަހަޅާފައިވާނީ ގިނައިން އާމްދަނީ ލިބޭ ފަރާތްތައް ނިސްބަތުން ގިނައިން ޓެކްސްކުރެވޭނެ ޕްރޮގްރެސިވް ނިޒާމެއްކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.

އާމްދަނީ އިތުރުކުރަން ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީއާއި އެއަރޕޯޓް ސަރވިސް ޗާޖުން ނަގާ ރޭޓުތަކަށް ބަދަލުގެނައުމާއި، ބައެއް މުދަލުގެ އިމްޕޯޓް ޑިއުޓީ ރޭޓުތައް ބަދަލުކުރުމާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ނަގާ ފީތަކަށް ބަދަލުގެނައުން ހިމެނޭއެވެ. އަދި ރިސޯޓު ހެދުމަށް އަލަށް ދޫކުރާ ރަށްތަކުގެ އެކުއެޒިޝަން ކޮސްޓަށް 290 މިލިއަން ރުފިޔާ ވަނީ އާމްދަނީ އިތުރުކުރުމަށް ހުށައަޅާފައިވާ ކަންތައްތަކުގައި ހިމަނާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.