ސިފައިންގެ ޤައުމީ ލަވަ އަލްބަމް ނެރެފިއެވެ.

މި އަލްބަމް ނެރެދެއްވީ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގެތެރެއިން، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

މި އަލްބަމްގެ ތީމަކީ މިންތީގެ ހަމަހަމަ ކަމެވެ. އެމްއެންޑީއެފުން ބުނީ މި ތީމް ޚިޔާރުކުރީ ޤައުމު ބިނާކުރުމުގައި އަންހެނުންނާއި ފިރިހެނުންގެ ދައުރާއި ޙިއްސާ އެއްވަރަކަށް އޮތުމުގެ މުހިންމު ކަމުގެ މައްޗަށް މުޖުތަމަޢު ހޭލުންތެރިކުރުމުގެ އިތުރުން އެންމެން އެއްރޫޙެއްގައި ޤައުމީ ޚިދުމަތުގައި ބައިވެރިވުމުގެ ޝައުޤާއި ވިސްނުން އުފައްދާ އާލާ ކުރުމަށް ކަމަށެވެ.

މި އަލްބަމަށް ޅެން ހައްދަވައި ދެއްވައިފައިވަނީ ރާއްޖޭގައި މި ވަގުތު ތިބި އެންމެ ފުންނާބު އުސް ޅެންވެރިންނެވެ. އެގޮތުން މި އަލްބަމަށް ޅެން ހައްދަވައި ދެއްވައިފައިވަނީ ނިޝާން ޢިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ ޢަބްދުއް ރަޝީދު ޙުސައިން، އާދަމް ނަސީރު އިބްރާހީމް، އާދަމް ޢަބްދުއް ރަޙްމާން، އާދަމް ޙަލީމް އަދުނާން، އީސާ ސަރީބް، ޢިއްޒަތް އަޙްމަދު ނިޒާރު އަދި ކޮމާންޑް ސާރޖަންޓް މޭޖަރ ޢަބްދުﷲ ސަޢީދެވެ.

މި އަލްބަމްގައި ހިމެނޭ ލަވަތަކަކީ ދިވެހި އަމިއްލަ ރާގުގެ ލަވަތަކެކެވެ. މި އަލްބަމްގައި ހިމެނޭ ލަވަތަކުގެ ރާގުތައް ހައްދަވައިދެއްވީ ކެފްޓަން ކާނަލް އަލި މަނިކު، ވޮރެންޓް އޮފިސަރ އެކެއް ޢަބްދުﷲ އިލްހާމް އިބްރާހީމް، ކޯޕްރަލް އަޙްމަދު ޔާސިރު، އިބްރާހީމް މޫސާ ފިކުރީ، ޝާޒް ސަޢީދު، އިބްރާހީމް ޒައިދު ޢަލީ އަދި މުޙައްމަދު އަބްދުލް ޣަނީއެވެ.

އެމްއެންޑީއެފުން ބުނީ އެހެން އަހަރުތަކަކޭ އެއްފަދައިން މިއަހަރުގެ އަލްބަމަށްވެސް ލަވަ ރިކޯޑްކޮށްދެއްވީ ރާއްޖޭގައި މިވަގުތު ތިބި އެންމެ ފުންނާބު އުސް މަޝްހޫރު ފަންނާނުން ކަމަށެވެ. އެގޮތުން މި އަލްބަމުގައި ހިމެނޭ ލަވަތައް ކިޔާފައިވަނީ ރާފިއަތު ރަމީޒާ، މަރިޔަމް އަޝްފާ، ޒާރާ މުޖުތަބާ، އަމްރާ މުޙައްމަދު އާމިރު، އައިމިނަތު ސައިނާ މުޙައްމަދު ރަޝީދު، ޢައިޝަތު ޖައިޝާ ވަހީދު، ފާތިމަތު އިރާދާ، މަރިޔަމް ނަފްހާ، އައިޝަތު އަފާ، މަރިޔަމް އީނާޝް، އައިޝަތު ޔަރާ ޝަމާލް، އައިޝަތު އަމާނީ އަބްދުﷲ، އިބްރާހީމް ޒައިދު އަލީ، މުޙައްމަދު އަބްދުލް ޣަނީ، ޙަސަން އިލްހާމް، ފަސްޓް ލެފްޓިނެންޓް ޙުސައިން އަލީ، ހައިޝަމް މުޙައްމަދު ރާޝިދު، ވޮރެންޓް އޮފިސަރ އެކެއް ޢަބްދުﷲ އިލްހާމް އިބްރާހީމް، ކޯޕްރަލް އަޙްމަދު ޔާސިރު، ޙަސަން ޠަލާލް، ޢަބްދުﷲ ނާސިފް އަދި އަޙްމަދު ހިޝާމްއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.