މިދިޔަ ސެޕްޓެމްބަރު މަހު މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވި ސިފައިންގެ ނުވަ ބޭކަލަކަށް މެޑަލް ދެއްވައިފިއެވެ. ފުރާނަ ސަލާމަތް ކުރުމުގެ ރިހި މެޑަލް" އެ ބޭކަލުންނަށް ދެއްވީ ނަސްރުގެ ދުވަސް ފާހަގަކުރުމަށް މިރޭ ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. 

މި ފަރާތްތަކަށް މެޑަލް ހަވާލުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެމްއެންޑީއެފުން ބުނީ މެޑަލް އަކީ އަމިއްލަ ނަފްސަށް ލިބިދާނެ އެއްވެސް ގެއްލުމަކަށް ބެލުމެއް ނެތި އިންސާނެއްގެ ފުރާނަ ސަލާމަތްކުރުން ނުވަތަ އިންސާނެއްގެ ފުރާނަ ސަލާމަތް ކުރުމަށް މަސައްކަތް ކުރި މިންވަރު ބަލައި ދޭ މެޑަލެއް ކަމަށެވެ.

އެގޮތުން މިރޭ މެޑަލް ހާސިލުކުރި ނުވަ ފަރާތަކީ ފަހުގެ ތާރީހެއްގައި ރާއްޖޭގައި ހިނގާދިޔަ އެންމެ ނުރައްކާތެރި އެއް އަލިފާނުގެ ހާދިސާގައި އަލިފާން ރޯވި ގެތަކުން ނުނިކުމެވިފައި ތިބި އާންމުން ސަލާމަތްކުރުމަށްޓަކާ އަމިއްލަ ނަފްސަށް ލިބިދާނެ އެއްވެސް ގެއްލުމަކަށް ބެލުމެއް ނެތި މަސައްކަތް ކުރައްވާފައިވާ ބޭކަލުންތަކެއް ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.

"މި ބޭކަލުން ވަނީ އަލިފާންގަނޑުގެ ތެރެއިން ރޯވެފައިވާ ގެތަކުގެ އެކި ފްލޯތަކަށް އެކި ފަހަރުމަތިން ތަކުރާރުކޮށް ވަދެ ސާޗުކޮށް އިތުރު މީހަކު އެ ފްލޯތަކުގައި ވޭތޯ ބެލުމުގެ އިތުރުން އަލިފާންގަނޑު ކޮންޓްރޯލް ކުރެވެންދެން އަލިފާން ނިއްވުމުގައި ވެސް ވަރަށް ބުރަކޮށް އަމަލީ ގޮތުން މަސައްކަތް ކުރައްވާފައި" އެމްއެންޑީއެފުން ބުނެއެވެ.

ފުރާނަ ސަލާމަތްކުރުމުގެ ރިހި މެޑަލް ލިބުނު ސިފައިންގެ ބޭކަލުން:

ސާޖަންޓް އަހްމަދު ސައީދުސާޖަންޓް މަހުފޫޒް އަބްދުއްރަޝީދުސާޖަންޓް އަލީ ރިޒްވީންސާޖަންޓް އާދަމް ފަޒީލްސާޖަންޓް ހުސައިން އަންވަރުކޯޕްރަލް އަހްމަދު އަނަސް ޒަކީކޯޕްރަލް އަހްމަދު ހިޝާމްކޯޕްރަލް ޝަހުދާން ނަސީމްޕްރައިވެޓް އިސްމާއިލް ރިހުޝާން

ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި އަލިފާނުގެ އެ ހާދިސާގައި 14 ގެއަކާއި ހަ ގުދަނެއް ވަނީ އަނދައިފަ އެވެ. އެ ހާދިސާގައި އެކަކު މަރުވެ، 400 އަށް ވުރެ ގިނަ މީހުން ހާލުގައި ޖެހުނެވެ

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.