ސިފައިންގެ ފައުޖުތައް އަބަދުވެސް އޮންނާނީ އަތުވެދާނެ ހަމަލާއަކުން ދިފާޢުވުމަށް ތައްޔާރަށް ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީން ގެނެސްދޭ "ފަށާއިރު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ނޮވެމްބަރ 3 ގައި އުދުވާނީ ހަމަލާދިން އިރު ރާއްޖެ އޮތީ އެފަދަ ހަމަލާއަކަށް ތައްޔާރުވެގެން ނޫންކަމަށެވެ. ނަމަވެސް މިހާރު ސިފައިންގެ ފައިޖުތައް އޮތީ އޭރާ އަޅާބަލާއިރު ތައްޔާރަށް ކަމަށާއި ދިވެހި ސިފައިންނަކީ މިއަދު ތަމްރީނުތައް އަބަދު ލިބިލިބި ތިބި ބައެއްކަމަށް މާރިޔާ ވިދާޅުވި އެވެ. 

މިފަހުން ލަންކާގައި ދިން ޓެރަރިސްޓް ހަމަލާއަށް އިޝާރާތް ކުރައްވާ މިނިސްޓަރ ވިދާޅުވީ ސްރީލަންކާއަށް އެފަދަ ހަމަލާއެއް ދީފާނެކަމަށް އެއްވެސް ބަޔަކު ހީނުކުރާކަމުގައެވެ. ނަމަވެސް ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ޤައުމަކަށް ވުމުން ރާއްޖެ އަބަދުވެސް އޮންނަނީ ތައްޔާރީ ހާލަތެއްގައި ކަމަށާއި އެފަދަ ކަންކަމުގެ މައުލޫމާތުތައްވެސް ރާއްޖެއަށް އަބަދުވެސް ލިބެމުންދާކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އެހެންކަމުން އެފަދަ ހަމަލާއަކަށް ތައްޔާރުވުމަށް ޑްރިލްތައް ހެދި އަބަދުވެސް ދިވެހި ފައުޖުތައް އޮންނަނީ ތައްޔާރަށް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި ނޮވެމްބަރ 3 ގައި ދިންފަދަ ކުއްލި ގޮތަކަށް އުދުވާނީ ހަމަލާއެއް ދިނުމުގެ ފުރުސަތު މިހާރު ނޯންނާނެކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

ސިފައިން މިހާރު މަސައްކަތް ކުރަމުންދަނީ ވަރަށް ޕްރޮފެޝަނަލް ކޮށް ކަމަށާއި ސިފައިންގެ ސަފުތަކަކީ ބަދަހި ސަފުތަކެއްކަމަށް މިނިސްޓަރ ވިދާޅުވި އެވެ. މިނިސްޓަރ ވިދާޅުވީ އެތެރޭގައި ޓެރަރިސްޓް ހަމަލާތައް ދެވެނީ އެވަރަށް ހޭލުންތެރިކަން ނެތުމުންކަމަށާއި ނަމަވެސް މިހާރު އެފަދަ މައުލޫމާތުތައް އެއްބަޔަކު އަނެއް ބަޔަކަށް ބަދަލުކުރެވޭނެ ފަދަ ނިޒާމު ސިފައިންގެ ތެރޭގައި ގާއިމުކުރެވި ފައިވާކަމަށެވެ.

ސިފައިން މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް އެންމެ ފައިދާވާ ގޮތަށްކަމަށާއި ރައްޔިތުންގެ ސަލާމަތަށް ކުރަންޖެހޭ ހުރިހާ ކަމެއް ސިފައިން ކުރާނެކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.