1988 ވަނަ އަހަރުގެ ނޮވެމްބަރ 3 ވަނަ ދުވަހުގެ އެއް ބަޠަލަކީ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ކުރީގެ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ ނޮވެމްބަރ 03 ވަނަ ދުވަހާއި ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން ނަޝީދު ވިދާޅުވީ 03 ނޮވެމްބަރގެ އެއް ބަޠަލަކީ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ ކަމަށާއި، މިއަދު ހެނދުނު ހިތަދޫ ބީޗް ވިލާ އިން ޖެނެރަލް އާއި ދިމާވެ ތަހުނިޔާ ދެންނެވުމަކީ ލިބުނު އުފަލެއް ކަމަށެވެ.

ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އިބްރާހިމް މުހައްމަދު ދީދީ އަކީ ނޮވެމްބަރ 03 ވަނަ ދުވަހު ތަމަޅައިގެން ސިފައިންގެއަށް ހަމަލާ ދެމުން ދަނިކޮށް ސިފައިންގެ ބަޑި ގުދަނުގެ ތަޅުދަނޑި ސިފައިންގެ އަށް ގެންގޮސް ދިން ބޭފުޅާއެވެ.

ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގައި 19 ދިވެހީން ޝަހީދުވެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.