ނަޟްރުގެ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ދިވެހި ރައްޔިތުންނަށް ފޮނުވައިފިއެވެ.
ރައީސް ޞާލިހް މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ނަޞްރުގެ ދުވަހުގެ ތަހުނިޔާ އާއި އިޚްލާޞްތެރި ހެޔޮ އެދުންތައް ދިވެހި އެންމެހާ ރައްޔިތުންނަށް އަރިސް ކުރައްވާ ކަމަށާއި، މިޤައުމަށްޓަކައި ޝަހީދުވެދިޔަ ބަޠަލުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުން އެދި މާތްﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާ ކަމަށެވެ.
ރާއްޖޭގެ ހާއިނުން ތަކަކާއި، ލަންކާގެ ކުލީ ސިފައިން ގުޅިގެން 1988 ނޮވެމްބަރ 03 ގައި ރާއްޖެއަށް ދިން އުދުވާނީ ހަމަލާގައި ރާއްޖޭގެ 19 ދިވެއްސަކު ޝަހީދުކޮށްލައިފައިވެއެވެ.