މަހަށް ނިކުމެ އުޅުނު އުމުރުން 23 އަހަރުގެ ޒުވާނަކު ނިޔާވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި ނިޔާވެފައި ވަނީ ސަނީހް ނަމަކަށް ކިޔާ ކ.ގުރައިދުއަށް ނިސްބަތްވާ ޒުވާނެކެވެ.
ސަނީހް ނިޔާވެފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގައި އާއިލާ މީހުންގެ ދޯނީގައި މަސްވެރިކަން ކުރަން ނިކުމެ އުޅެނިކޮށް ވ. އަތޮޅު ހިސާބުންނެވެ. އޭނާ ނިޔާވެފައި އޮއްވާ ފެނުނީ ގަޑިން 3:30 ހާއިރެވެ.
ސަނީހް މަސްބާނަން ދިޔަ ދޯނީގެ ބައެއް މީހުންނާއި ހަވާލާދީ އެރަށުގެ ބައެއް މީހުން ބުނީ ސަނީހު ނިޔާވިކަން އެނގުނީ ދޯނި ތެރޭގައި އޮތް ހޮޅިއެއް ބަލައި ދިޔަ ފަހުން ހަބަރެެއް ނުވެގެން ގޮސް ބެލުމުން ކަމަށެވެ.
ސަނީހުގެ ހަށިގަނޑު ގުރައިދޫ އަށް ގެންގޮސް މިއަދުގެ މެންދުރު ނަމާދަށް ފަހު ވަނީ ވަޅުލައިފައެވެ.