އުރީދޫ މޯލްޑިވްސްގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ގެ މަގާމަށް ބޭފުޅަކު ހަމަޖައްސައިފިއެވެ.

އުރީދޫއިން ބުނީ މިދިޔަ މަހުގެ 17 ވަނަ ދުވަހުން ފެށިގެން ކުންފުނީގެ ސީއެފްއޯއަކަށް ސުރޭޝް ކަލްޕަތީ ޗިޑަމްބަރަމް އައްޔަނުކޮށްފައިވާ ކަމަށެވެ.

އުރީދޫއިން މައުލޫމާތުދޭ ގޮތުގައި ސުރޭޝް ވަނީ ޓެލެކޮމިއުނިކޭޝަން، ރީޓެއިލް، އަދި މެނުފެކްޗަރިންގ ފަދަ އިންޑަސްޓްރީތަކުގައި މަސައްކަތްކޮށް، ފައިނޭންސްގެ ދާއިރާއިން 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯދާފައެވެ.

އުރީދޫ މޯލްޑިވްސްއާ ގުޅުމުގެ ކުރިން އޭނާ ވަނީ އުރީދޫ ގްލޯބަލް ސަރވިސަސްގެ ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމުގައިވެސް މަސައްކަތްކޮށްފައެވެ.

މީގެއިތުރުން ސުރޭޝް ވަނީ ބާރލާ އިންސްޓިޓިއުޓް އޮފް ސައިންސް އެންޑް ޓެކްނޮލޮޖީއިން މެނޭޖްމަންޓްގެ ދާއިރާއިން މާސްޓަރސް ހާސިލުކޮށްފައެވެ. އަދި އޭނާއަކީ އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓަންޓްސް އޮފް އިންޑިއާގެ މެންބަރެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.