ސަރުކާރުތަކުން ވިޔަފާރި ކުރުމަކީ ބޮޑު ގޯހެއް ކަމަށް ރައިސް ނަޝީދު ވިދާޅުވެއްޖެއެވެ.
ދެކުނު މަހާސިންތާ 2019" ފައްޓަވައި ދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުތަކުން ވިޔަފާރި ކުރުމަކީ ބޮޑު ގޯހެއް ކަމަށެވެ.އެގޮތުން އަމިއްލައަށް ކައުންސިލްތަކުން ވިޔަފާރި ކުރުމަކީވެސް ރަނގަޅު ގޮތެއް ނޫން ކަމަށާއި ރަނގަޅު ގޮތަކީ ބީލަން އުސޫލުން މަސައްކަތްތައް ކުރިއަށް ގެންދިއުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
"ވިޔަފާރިއެއްގެ އެންމެ ބޮޑު އަސާސަކީ ފައިދާ. ތިމަންނާއަށް އެފަދާ ހޯދުމަށް ކުރާ ކަމެއް އެއީ. ސަރުކާރުން އެކަން މި ކުރަނީ މުސާރައަށް. އެމްޑީވެސް ހުންނަވަނީ މުސާރައަށް. ޗެއަރޕާރސަން ވެސް ހުންނަވަނީ މުސާރައަށް. ފައިދާއެއް ތިމަންނާއަކަށް ނުލިބޭ އެހެންވީމާ ފައިދާ ބޮޑު ކުރުމުގެ މާބޮޑު ބޭނުންތެރިކަމެއް އުސޫލެއްގެ ގޮތުން އަމިއްލަ ކުންފުނިތަކާއި ސަރުކާރު ކުންފުނިތަކާއި ތަފާތުވެގެންދޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
އިތުރަށް ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ދިވެހިރާއްޖޭގެ ތަރައްގީ ގުޅިފައި ވަނީ ރަށްތަކުގެ ތަރައްގީއާ ކަމަށާއި ފެނާއި ނަރުދަމާއާ ކަރަންޓާއި ސިއްހަތަކީ މިއަދުވެސް ދިވެހި ރައްޔިތުން ހިތް އެދޭ ވަރަށް ނުލިބިވާ ހިދުމަތްތައް ކަމަށެވެ. އެކަންކަން ރައްޔިތުންނަށް ފުދިގެން ދާނީ ކައުންސިލްތައް ބާރުވެރި ކޮށްގެން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ދިވެހި ރައްޔިތުންނަށް ހަގީގީ ތަރައްގީގެ ފުރުސަތުތައް ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު ފާސްވުމުން ލިބިގެންދާނެ ކަމަށެވެ.
"ވިޔަފާރިއެއްގެ އެންމެ ބޮޑު އަސާސަކީ ފައިދާ. ތިމަންނާއަށް އެފަދާ ހޯދުމަށް ކުރާ ކަމެއް އެއީ. ސަރުކާރުން އެކަން މި ކުރަނީ މުސާރައަށް. އެމްޑީވެސް ހުންނަވަނީ މުސާރައަށް. ޗެއަރޕާރސަން ވެސް ހުންނަވަނީ މުސާރައަށް. ފައިދާއެއް ތިމަންނާއަކަށް ނުލިބޭ އެހެންވީމާ ފައިދާ ބޮޑު ކުރުމުގެ މާބޮޑު ބޭނުންތެރިކަމެއް އުސޫލެއްގެ ގޮތުން އަމިއްލަ ކުންފުނިތަކާއި ސަރުކާރު ކުންފުނިތަކާއި ތަފާތުވެގެންދޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރަށަކަށް ހިދުމަތް ދިނުމުގެ އެންމެ މުހިއްމު މަސްއޫލިއްޔަތު އޮތީ ކައުންސިލްގައި ކަމާާއި އަދި ކައުންސިލްތައް ހިންގުމަށް ބޭނުންވާ މާލީ އެހީތެރިކަންވެސް އައު ގާނޫނީ އޮނިގަނޑުން ކައުންސިލްތަކަށް ލިބިގެންދާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ހަމައެއާއެކު އަތޮޅު ކައުންސިލްތަކަށްވެސް ގިނަގުނަ ބާރުތަކެއް އައު ގާނޫނީ އޮނިގަނޑުން ލިބިގެންދާނެކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އަތޮޅުގައިވާ ރަށްތައް ބޭނުން ކުރުމުގެ ހުއްދަ ލިބިގެންދާނީ އެ ކައުންސިލްގެ ވެރިންގެ ހުއްދައާ އެކުގައި ކަމަށެވެ.
"ކައުންސިލަކުން އެފައިސާ ގައި ޖެހުނީމާ ހޮޅުއަށީގައި ތިބެގެން އެގޮވާ އެއްޗިއްސެއް މާލޭ މިނިސްޓްރީއަކުން ރަނގަޅު އަދަދެއްގެ ފައިސާގައި މާލޭ މިނިސްޓްރީ އަކުން މިނިސްޓަރަކު ޖެހިވަޑާއިގަތުމުން ނުކިޔޭނެ. ރާއްޖޭ ޓީވީއަކުންވެސް ނުގޮވޭ އެވަރަކަށް. ހޮޅުއަށިން އެކުރާވަރެއް ނުކުރެވޭނެ. އެއީ ހަގީގީ ޖަވާބުދާރީ ކުރުވުމަކީ. ލަދުން ފިއްކަނޑައިގެންދާވަރު ކުރުން ގެޔަށް ނުވަދެވޭވަރު ކުރުން އަނބިދަރިން ވާހަކަ ނުދައްކާވަރު ކުރުން،" ރައީސް ނަޝީދުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ތަރައްގީއަކީ ރަށުގެ ބަނދަރު އެޅުމާއި ރަށުގެ މަގުތަކުގައި ތާރު އެޅުން ނޫން ކަމަށެވެ. އަދި ތަރައްގީއަކީ ރަށުގައި އިމާރާތް ކުރާ ބޮޑު އިމާރާތެއްވެސް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.