އާދައިގެ މީހާ އަތުން ޓެކްސް ނަގަންޖެހޭ ކަމަށް އެމަނިކުފާނު ނުދަންނަވާ ކަމަށާއި މުޅި އާއިލާ އަށާއި އެހެން ހުރިހާ ރައްޔިތުންނަށް ވެސް އެ މުހުތާލުތަކުން ފިލައިދާން ބޭނުންވާ ކަމަށް މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މ.ކުނޫޒްގައި ޖުމްހޫރީ ޕާޓީއަށް މެންބަރުންތަކެއް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ގާސިމް ވިދާޅުވީ ގައުމާ މެދު ރައްޔިތުން ވަރަށް ވިސްނުންތެރިކަމާއެކު ވިސްނަންޖެހޭ ކަމަށާއި، ގައުމު ކޮށްދޭނީ ކޮން ކަމެއްތޯ ނާހާ އެންމެންވެސް ގައުމަށް ޚިދުމަތް ކުރަންޖެހޭ ކަމަށެވެ.

އިތުރަށް ގާސިމް ވިދާޅުވީ، ގައުމު ކުރިއެރުވުމަށް މަސައްކަތްކުރުމަކީ އެންމެންގެ ޒިންމާއެއް ކަމަށާއި އަޅުގަނޑި އެކަނި މަސައްކަތްކޮށްފައި އެންމެނަށް ކާންދޭ އުސޫލު އޮވެއްޖެ ނަމަ ދުވަހަކުވެސް ކުރިއަރައި ނުދާނެ ކަމަށެވެ.

މެމްބަރު ގާސިމް ވިދާޅުވީ ގައުމަކީ ދުލުން ވާހަކަ ދައްކާ އުޅޭ އެއްޗެއްނޫން ކަމަށާއި، ގައުމެއް ގައުމަކަށް ވެގެންދަނީ ކުރިއަރާ ދަނީ އެގައުމެއްގަ ތިބި ބަޔަކު މަސައްކަތްކޮށްގެން ކުރިޔަށް ގެންދިއުމުން ކަމަށެވެ.

ރާއްޖެއަކީ އުފެއްދުންތެރިކަން ދަށް ގައުމެއްކަން ފާހަގަކުރައްވައި މެމްބަރު ގާސިމް ވިދާޅުވީ ކަނޑުމަސް ބޭރުކުރުމާއި، ގުދުރަތީ ރީތިކަން ފިޔަވާ މާގިނަ ކަންތައްތަކެއް މިގައުމުގައި ނެތް ކަމަށެވެ.

ގާސިމް އިތުރަށް ވިދާޅުވީ އާދައިގެ މީހާ އަތުން ޓެކްސް ނަގަންޖެހޭ ކަމަށް އެމަނިކުފާނު ނުދަންނަވާ ކަމަށާއި މުޅި އާއިލާ އަށާއި އެހެން ހުރިހާ ރައްޔިތުންނަށް ވެސް އެ މުހުތާލުތަކުން ފިލައިދާން ބޭނުންވާ ކަމަށެވެ.

ގާސިމް ވިދާޅުވީ، ސަރުކާރުން ކަންކަން ނުކޮށްދޭ ކަމަށް މީހުން ބުނާ ކަމަށާއި ލާރި ނުހޯދައި ސަރުކާރަށް ކަންތައްތައްކޮށް ނުދެވޭނެ ކަމަށެވެ.

ގާސިމް ވިދާޅުވީ އީކުއަލް އޮޕޮޗުނިޓީ އޮތްގޮތަށް އެއްބައިވަންތަ ކަމާއެކު ބައިވެރިވުން ވެސް އޮންނަން ޖެހޭ ކަމަށެވެ. އިތުރަށް އެމަނިކުފާނު ވިދާޅުވީ، ކިތަންމެ ފަގީރަސް އަދި މުއްސަންދި ކަމުގައިވިޔަސް ދިވެހި ރައްޔިތަކަށް ވިއްޔާ ދިވެހި ރައްޔިތަކަށް އޮންނަ ހައްގު އޮންނަ ކަމަށެވެ. އެހެން ކަމުން ބައިވެރިވުން މީގައި އޮންނަންޖެހޭނެ އެމަނިކުފާނު ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.