މިހާރުން މިހާރަށް އިންކަމް ޓެކްސްއަކީ ރާއްޖެއަށް މުހިއްމު އެއްޗެއް ނޫން ކަމަށާއި އެ ޓެކްސް ނަގާކަށް ތާއީދު ނުކުރައްވާނެ ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަދި ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް (ސަންޓްރެވަލް ސިޔާމް) ވިދާޅުވެއްޖެއެވެ.

އިންކަމް ޓެކްސް ބިލަށް ބަހުސް ކުރައްވާ ވާހަކަފުޅުދައްކަވަމުން ސިޔާމް ވިދާޅުވީ މިހާރުވެސް ދުނިޔޭގެ ނިސްބަތުން އެތައް މިލިއަން ރުފިޔާއެއް ދައުލަތަށް ޓެކްސްގެ ގޮތުގައި ދައްކަމުން ގެންދާ ކަމަށެވެ. އެކަން އެގޮތަށް ކުރަމުން ދަނީ ދިވެހި ރައްޔިތުންގެ ދިރިއުޅުން ތަނަވަސް ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އޭނާ ވިދާޅުވީ އެ މަންޒަރު ވިޔަފާރިވެރިންނަށް ނުފެންނަ ކަމަށެވެ. އަބަދުވެސް އަޑު އިވޭ ވާހަކައަކީ ވިޔަފާރިވެރިން ބުރަ މަސައްކަތް ކޮށްގެން ހޯދާ ފައިސާ ބަޔަކު މީހުން ވަގަށް ނެގި ވާހަކަ ކަމަށް ސިޔާމް ވިދާޅުވިއެވެ.

"އިއްޒަތްތެރި ރައީސް ކީއްކުރަންތޯ ތިއުޅެނީ ޓެކްސް ނަގައިގެން. ކުރަން އުޅޭ ކަމެއް އަޅެ ބުނެބަަލަ. ކީއްކުރަންތޯ ތިއުޅެނީ،" އިންކަމް ޓެކްސް ނަގާތީ އެކަމާ ދެކޮޅަށް ވާހަކަދައްކަވާ ސިޔާމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ގައުމު ހިންގުމުގައި އެންމެ މުހިއްމު މަސައްކަތްތަކެއް ކުރާ ބަޔަކީ ވިޔަފާރިވެރިން ކަމަށެވެ. އޭނާ ވިދާޅުވީ ވިޔަފާރިވެރިން ބުރަ މަސައްކަތްކޮށްގެން ދިވެހި މާލިއްޔާއަށް ދޭ ފައިސާ ނުހަމަ ގޮތުގައި ބޭނުން ކުރަމުންދާ ކަމަށާއި އެކަމުގެ ސަބަބުން، ގައުމުގެ އިގްތިސޯދު ދަށަށްދާން ފަށާފައިވާ ކަމަށެވެ.

"ކޮންމެ ސަރުކާރެއްގައި ވެސް މި ފެންނަނީ ރައްޔިތުން ބޮލުގައި ދެފޮށާ އަޅުވާފައި، ރައްޔިތުންންނަށް ކަންތައްތަކެއް ކޮށްދޭނަމޭ އަޅުގަނޑުމެން ހިޔާނާތާއި ވައްކަމުގައި ބައިވެރިނުވާނަމޭ ކިޔާ ކޮންމެ ދައުލަތަކުންވެސް ކޮންމެ ސަރުކާރަކުންވެސް ރައްޔިތުންގެ ފައިސާކޮޅު ނަހަމަ ގޮތުގައި ކާލާތަން. މިއީ ޓެކްސްޕޭޔަރުން ވަރަށް ރުޅިގަދަވާ ކަމެއް،" ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ އޭނާގެ މުޅި ހަޔާތުގައިވެސް ފެނިގެން ދަނީ ވެރިކަމަށް އަންނަ މީހާގެ މުދަލަށް މުޅި ގައުމު ހަދަމުންދާ މަންޒަރު ކަމަށެވެ.ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު މުހައްމަދު ވަހީދު ހުށަހެޅުއްވި ބިލު މަޖިލީހަށް ހުށަހަޅާފައިވާއިރު އެ ޓެކްސް ނެގުމަށް ސަރުކާރުން ހުށަހެޅީ 40،000 އަށް ވުރެ މަތިން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުންނެވެ. އެގޮތުން އެ ފަރާތްތަކުގެ އަތުން އިންކަމް ޓެކްސްގެެ ގޮތުގައި 8 ޕަސެންޓު ނެގުމަށް ވަނީ ހުށަހަޅާފައެވެ.

ސަރުކާރުން ހުށަހަޅާފައިވާ ޓެކްސް ބްރެކެޓްސް

އާމްދަނީ 40،000 – 0 ލިބޭ ފަރާތްތައް – ޓެކްސް ނުނަގާނެއާމްދަނީ 60،000 – 40،000 ލިބޭ ފަރާތްތައް – ޓެކުހުގެ ގޮތުގައި ނަގާނީ އާމްދަނީގެ އަށް ޕަސެންޓްއާމްދަނީ 100،000 – 60،000 ލިބޭ ފަރާތްތައް – ޓެކުހުގެ ގޮތުގައި ދައްކަން ޖެހޭނީ އާމްދަނީގެ 10 ޕަސެންޓް100،000 އަށްވުރެ ގިނައިން އާމްދަނީ ލިބޭ ފަރާތްތައް – ޓެކުހުގެ ގޮތުގައި ދައްކަންޖެހޭނީ އާމްދަނީގެ 15 ޕަސެންޓް

އިންކަމް ޓެކްސް ނަގަން ފެށުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ. އެގޮތުން އިންކަމް ޓެކްސްގެ ބިލު މިއަހަރުތެރޭ ފާސްވުމުން އަންނަ އަހަރު އެ ޓެކްސް ނަގަން ފަށާނެ ކަމަށް ރައީސް ސޯލިހު ވަނީ މިދިޔަ ފެބްރުއަރީ މަހު ދެއްވި ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.