ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މި މަގާމަށް މަހާޒް އައްޔަން ކުރަން ފާސްކުރީ 55 މެމްބަރުންގެ ވޯޓާއެކުއެވެ.

މަހާޒްގެ އިތުރުން ސުޕްރީމް ކޯޓަށް އައްޔަން ކުރަން ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދުގެ ނަންފުޅު ވެސް މަޖިލީހަށް ފޮނުއްވާފައިވެއެވެ. ނަމަވެސް މަހާޒްގެ ނަންފުޅު ފާސްވުމުން ދިޔާނާގެ ނަންފުޅަށް ވޯޓަށް އައްސަވާފައެއް ނުވެއެވެ.

ސުޕްރީމް ކޯޓަށް އިތުރު ފަނޑިޔާރަކު އައްޔަން ކުރަންޖެހުނީ އެ ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ ދީދީ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ގުޅިގެންނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު އިތުރުކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ދާދިފަހުން ވެސް ވަނީ ދެ ފަނޑިޔާރަކު ބެންޗަށް އައްޔަން ކުރައްވާފައެވެ. އެއީ ޑރ.އަޒްމިރަލްދާ ޒާހިރު އަދި އަލްއުސްތާޛާ އައިޝާ ޝުޖޫން މުހައްމަދެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.