ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ސިޔާސީވެ ނިމިފައިވާ ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.

ޖަމީލު މިހެން ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ ސުލޫކީ މައްސަލައިގައި ވަކީލެއްގެ ގޮތުގައި ޖަމީލު ބަލައިނުގަންނަން ޖޭއެސްސީން މިއަދު ނިންމުމާ ގުޅިގެންނެވެ. ޖޭއެސްސީން އެގޮތަށް ނިންމީ ޖަމީލް ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައެއް ސުޕްރީމް ކޯޓުން ބެލުމުގައި ފަނޑިޔާރު އާދަމް މުހައްމަދު ބައިވެރިވެ ވަޑައިގަންނަވާ ކަމަށް ބުނެއެވެ.

އެކަމާ ގުޅިގެން ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖޭއެސްސީ ސިޔާސީވެ ނިމިފައިވާ ކަމަށާއި ޤާނޫނުއަސާސީން ދީފައިވާ ވަކީލެއްގެ އެހީ ހޯދުމުގެ ޙައްޤުވެސް ހަނިކޮށްފައިވާ ކަމަށެވެ.

"ފަނޑިޔާރު އާދަމް މުޙައްމަދުގެ މައްސަލައިގައި މިއުޅެނީ ޚަސްމުންގެ މައްސަލައެއް ނޫން، ވަކީލެއްގެ ޙައްޤު ހަޖަމްނުވުމުގެ މައްސަލައެއް! ޖޭއެސްސީ ލަދުވެތިވާންޖެހޭ" ޖަމީލު ވިދާޅުވިއެވެ.

އަދި އަމިއްލަ އަށް ބޭނުން ގޮތެއް ނިންމައި، ބަހެއް ބުނެލުމުގެ ފުރުޞަތު ވެސް މައްސަލަ ރައްދުވާ ފަރާތަށް ނުދީ، ބާރު އޮތްކަން ދައްކާލަމުންދާ ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.

"ތިހާވަރަކަށް ޖުޑިޝަރީ އިޞްލާޙް ކުރެވޭނީ" ޖަމީލު ވިދާޅުވިއެވެ.

ފަނޑިޔާރު އާދަމްގެ ދިފާއީ ވަކީލަކަށް ޖަމީލް ބަލައިނުގަތުމަށް ނިންމާފައިވާއިރު ޖަމީލުގެ ބަދަލުގައި އެހެން ވަކީލަކު އައްޔަނުކުރަން ފަނޑިޔާރު އާދަމް އަށް ފުރުސަތު ދިނުމަށްޓަކައި މާދަމާ މެންދުރު 12:30 ގައި އަޑުއެހުން ކުރިއަށް ގެންދަން ޖޭއެސްސީން މިހާރު ވަނީ ނިންމާފައެވެ.

ފަނޑިޔާރު އާދަމް މުހައްމަދާ ގުޅޭގޮތުން ޖޭއެސްސީން ބަލަމުން އަންނަނީ ސުޕްރީމް ކޯޓުގެ އިހްތިސާސްގެ ބޭރުން ނިންމާފައިވާ މައްސަލަތަކެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.