ކުރީގެ އަޑި ޕާކް ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން ހަދަމުންދާ ޕާކްގެ މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގަމުން ގެންދާ ކަމަށް ތުހުމަތު ކުރެވޭތީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ޓީމެއް މާލޭ ސިޓީ ކައުންސިލަށް ވަދެއްޖެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި އޭސީސީގެ ޓީމުން ދަނީ ސިޓީ ކައުންސިލްގެ އިދާރާއަށް ވަދެ، ޕާކްގެ މައްސަކަތާއި ގުޅޭ ލިޔުންތައް ހޯދަމުންނެވެ.

އަޑި ޕާކް ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން ހަދަމުންދާ ޕާކްގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ކޮރަޕްޝަންގެ ތެރެއިން ސިޓީ ކައުންސިލްގެ ބައެއް މެމްބަރުން ވަނީ  ވިދާޅުވެފައެވެ.

ނަމަވެސް މޭޔަރ ޝިފާ އެކަން ދޮގު ކުރައްވައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.