ފާއިތުވި ސެޕްޓެމްބަރ މަހު ހާނީއްކައިގެ 24 މައްސަލަ އާއި ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ޖިންސީ ބޭނުން ހިފުވުމުގެ ތިން މައްސަލަ ޖެންޑާ މިނިސްޓްރީ އަށް ހުށަހަޅައިފިއެވެ.

އެ މިނިސްޓްރީން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ކޮށްފައި ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ޖުމުލަ 251 މައްސަލައަށް އެޓެންޑްކޮށްފައިވާއިރު އޭގެ ތެރޭގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 125 މައްސަލަ ހިމެނެއެވެ.

އެންމެ ގިނައިން ރިޕޯޓްކޮށްފައިވަަނީ އިހުމާލުގެ މައްސަލަތަކެވެ. އެގޮތުން އެފަދަ 37 މައްސަލަ ރިޕޯޓްކޮށްފައިވާއިރި،  ޖިސްމާނީ ހާނީއްކައިގެ 27 މައްސަލަ، ޖިންސީ ހާނީއްކައިގެ 24 މައްސަލަ، ގެވެށި އަނިޔާ ކުރާތަން ދެއްކުން ނުވަތަ ފެނުމުގެ 14 މައްސަލަ، ނަފްސާނީ ހާނީއްކައިގެ 12 މައްސަލަ، އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ ހަތަރު މައްސަލަ، އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާލިބުމުގެ ތިން މައްސަލަ، ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ޖިންސީ ބޭނުން ހިފުވުމުގެ ތިން މައްސަލަ އަދި ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އެއް މައްސަލަ ހިމެނެއެވެ.

މިދިޔަ މަހު ވަނީ ކުޑަކުދިން ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ 7 މައްސަލަ އާއި، އާއިލީ 26 މައްސަލައިގެ އިތުރުން އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ 6 މައްސަލަ ހުށަހަޅައިފައެވެ. އަދި ކުޑަކުދިންގެ އަޚުލާޤާ ގުޅުން ހުރި 14 މައްސަލަ އާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 41 މައްސަލަ ވަނީ ހުށަހަޅާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.