ބޭންކް އޮފް މޯލްޑިވްސް ކައިރީ ހުންނަ މަނީ އެކްސްޗޭންޖް ހިދުމަތް ދޭ ފިހާރައެއްގެ ބިއްލޫރިގަނޑު ރޭ ތަޅާލައިފިއެވެ.

ފުލުހުން ވިދާޅުވީ، ސައިކަލެއްގައި ދިޔަ ދެ މީހަކު ބޮޑުތަކުރުފާނު މަގުގައި ހުންނަ މަނީ އެކްސްޗޭންޖް ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުންދިން މައްސަލަރޭ ދަންވަރު 2:28 އެހާކަންހާއިރު ހުށަހެޅިފައިވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މި މައްސަލައާއި ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.