ސިފައިންގެ އަސްކަރީ ތަމްރީނުތަކެއް ބުދަ އަދި ބުރާސްފަތި ދުވަހު ގިރިފުށީގައި ކުރިއަށް ގެންދާނެ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފުން  ވިދާޅުވީ،  އެ ދެ ދުވަހުގެ އިރުއޮއްސި 6:00 އިން ރޭގަނޑު 9:30 އަށް ގިރިފުށީގައި އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދާނެ ކަމަށާއި އެ ތަމްރީނުތަކުގައި ބޭނުން ކުރާ ބަޑީގެ ވަޒަން ގިރިފުށީގެ ހުޅަނގު ދެކުނުން 3000 މީޓަރަށް ދަތުރު ކުރާނެ ކަމަށެވެ.

އަދި އެ ތަމްރީނުތަކުގައި ވައިގެ ސަރަހައްދު ބޭނުން ކުރާނެ އެންމެ އުސްމިނަކީ 30 މީޓަރު ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެފައިވެއެވެ. 

ސިފައިންގެ މި ތަމްރީނުތަކުގައި ލައިވް ވަޒަނާއެކު ބަޑި ބޭނުން ކުރާނެ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.