މިބިމަށް ނިސްބަތްވާ ދިވެހި އަޚާ ނުވަތަ އުޚުތާއެވެ. ތިބާގެ ކިބައިގައި މި ޤައުމަށް ހުރީކޮން އިޙްސާސެއްހެއްޔެވެ.؟ އަހަރެންނަކީވެސް ތިބާފަދަ ފަޚުރުވެރި ދިވެއްސަކީމެވެ. އަހަންނަށް ފެންނަ މަންޒަރު މުޅިން ތަފާތެވެ. ޤައުމީ ލަވަޔާއި، ޤައުމީ ވާހަކަތަށް އަދި ޤައުމީ ޖިހާދުން ޢިބުރަތް ހޯދުމުގެ ވާހަކަތަކަކީ އަހަންނަށް ބޭކާރު ވާހަކަތަކެކެވެ. އަހަރެންވެސް އުފަންވި މިބިންދެކެ ލޯބިނުވާތީކީ ނޫނެވެ. ފަޚުރުވެރި ނުވާތީކީވެސް ނުމެ ނޫނެވެ. ތިބާ ފަދައިން ގާފިލްވެފައިވާ މީހުން ގިނަވީމައެވެ.

ތިބާ ވިސްނާލާށެވެ. އަމިއްލަ އެދުމުން ފޯވެގެންތިބި ގިނަ ދިވެހިން އަނގަ ފުޅާކޮފައި ވާހަކަ ދައްކާއިރު މިބިމަށް އެއްވެސް އިޚްތިރާމެއްނެތެވެ. މިބިމުގެ އަގެއް ޚާއްސަކަމެއް ނެތްކަން މިދަނީ ދައްކަމުންނެވެ. މީގެ ކުރިން މިބިމަކީ ވަރަށް ހާއްސަ ޤަދަރެއް ދެވިފައިވާ ތަނެކެވެ. އެހެންނަމަވެސް މިއަދު އެކަން ބަދަލުވެއްޖެއެވެ.

ވިސްނާލަމާތޯއެވެ. ޕޯޗްޤީޒުންނާއި ހޮޅިންގެ އަޅުވެތިކަމުން މިޤައުމު ސަލާމަތްވީ ބޮޑުތަކުރުފާނުން ފަދަ އިޚްލާސްތެރިން އޭރު ތިބުމުންނެވެ. އެހެންނޫންނަމަ މިޤައުމުގެ ކާބަފައިންގެ ޖިހާދުން 2500 އަހަރު ވަންދެން މިޤައުމު ނުއޮތީހެވެ. މިއަދު މިވަތަނަށް ނުދިން ލޯތްބެތް، ނުކުރި އިޚްތިރާމެއް ކުރާނެ އެހެންބަޔަކު ނުތިބޭނެއެވެ. މީ އަހަރުމެންވެސް ލޯބިވާ ޤައުމެވެ. މިޤައުމާއިމެދު ކޮންމެ ފަރުދެއްގެވެސް މަސްޢޫލިއްޔަތެއް އޮންނާނެއެވެ. އެ މަސްޢޫލިއްޔަތު އެނގޭނަމަ މިއަދުގެ މިޤައުމުގެ ޙާލަތާއިމެދު ކަރުނައަޅާނެއެވެ. މިވަތަން ރޯއަޑު އިވެނީ ކޮން ދިވެއްސަކަށް ހެއްޔެވެ؟

މިޤައުމަށް ފޫޅުކެނޑި ދިވެހި ދަރިޔާއެވެ. ވިސްނާލާށެވެ. ޤައުމަށް ޤައްދާރުނުވާށެވެ. ޤައުމާއިމެދު ތިބާގެ އޮތް ޒިންމާ އަދާކުރާށެވެ. ޤައުމު ތިބާގެ އަތުން ބީވެދިއުމުގެ ފުރުސަތު ނުދެއްވާށެވެ. މީ ތިބާގެވެސް ޤައުމެވެ. ތިބާގެ ދަރިންވެސް އުޅޭނެ ބިމެވެ. ވަގުތީ އުފަލެއްގެ ދަޅައިގަޖެހި މުސްތަޤުބަލު ވިއްކާނުލާށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.