ރާއްޖޭގައި އީ ސިނގިރޭޓް މަނާކުރުމާމެދު ވިސްނަމުންދާކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެ އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަމީން ވިދާޅުވީ، އީ ސިނގިރޭޓު މަނާކުރުމާއި ބެހޭ ގޮތުން މިހާރު އެ މިނިސްޓްރީން ދިރާސާތައް ކުރަން ފަށާފައިވާ ކަމަށާއި، މަހެއްހާ ދުވަސްތެރޭގައި އެކަމުގެ ނަތީޖާ ފެންނާނެ ކަމަށެވެ.

"އެ ރެގިއުލޭޓް ކުރާނީތޯ ނުވަތަ ބޭންކުރާނީތޯ މިކަމާ ބެހޭ ގޮތުން މިހާރު ދިރާސާތައް މަސައްކަތްތަކެއް އެބަކުރެވޭ. އެ މަސައްކަތުގެ ނަތީޖާ މަހެއްހާ ދުވަހުގެ ތެރޭ ފެންނާނެކަމަށް އަޅުގަނޑުމެން މި ބަލަނީ. ދެން އެހިސާބުން ޕޮލިސީ ލެވަލްގަ ނިންމާނެ ގޮތްތަކެއް ކަނޑައަޅާނީ." މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެ އެތެރެކުރާ އީ ސިނިގިރޭޓްގެ ބާވަތްތައް ރާއްޖޭގައި މިހާރު ވިއްކަނީ ރެގިއުލޭޓް ކޮށްގެނެއް ނޫނެވެ.

ރާއްޖޭގައި އީ ސިނގިރޭޓް މަނާކުރަން ވިސްނާއިރު، ދުނިޔޭގަ ތަހުޒީބު ބައެއް ގައުމުތަކުގައިވެސް ވަނީ އީ ސިނގިރޭޓް ވިއްކުން މަނާކޮށްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.