ވ.ފެލިދޫ، ފުލިދޫ، ތިނަދޫގެ ފެނުގެ ނިޒާމާއި، ވ.ތިނަދޫގެ ނަރުދަމާ ގެ ނިޒާމު ޤާއިމު ކުރުމުގެ މަޝްރޫއު އަންނަ އަހަރު ފެށޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމެންޓް ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ފެލިދޫ ދާއިރާގެ މެމްބަރު ފަޒުލް ރަޝީދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

މެމްބަރު މިނިސްޓަރާއި ކުރެއްވި ސުވާލަކީ ޕީ.އެސް.އައި.ޕީގެ ޕްރޮޖެކްޓުގެ ގޮތުގައި މި އަހަރު ވ.ފެލިދޫ، ފުލިދޫ، ތިނަދޫގެ ފެނުގެ ނިޒާމާއި، ވ.ތިނަދޫގެ ނަރުދަމާ ގެ ނިޒާމު ޤާއިމުކުރުމަށް ބަޖެޓްކުރެވިފައިވީއިރު، އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނުގެ އެހީގައި އެ މަސައްކަތް ކުރިއަށްގެންދިއުމަށް 28 މާރޗު 2019 ގައި އިޢުލާންކުރެވިފައިވީއިރު، ލޯނުގެ ފައިސާ ސަރުކާރަށް މިހާރު ލިބިއްޖެތޯއެވެ. އަދި ކޮންޓްރެކްޓުގެ އުސޫލުން ބަޔަކާ ޙަވާލުކޮށް މި އަހަރު ތެރޭގައި އެ މަސައްކަތް ފެށޭނެތޯއާއި އެކަމުގައި މިހާ ތަނަށް ކުރެވިފައިވާ މަސައްކަތްތަކުގެ ތަފްޞީލު ދެއްވަފާ ނަންތޯއެވެ.

މި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ވިދާޅުވީ އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނުގެ ފައިސާ ހަމަޖެހިފައިވާ ކަމަށެވެ. އަދި މި މަޝްރޫއުތައް ކޮންޓްރެކްޓް އުސޫލުން ބަޔަކާއި ހަވާލުކޮށް ފެށޭނީ އަންނަ އަހަރުގެ މާރޗް މަހުގެ ތެރޭގައި ކަމަށް މިނިސްޓްރީ އޮފް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗަރ އިން މިނިސްޓްރީ އޮފް އެންވަޔަރަމެންޓް އަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

މަޝްރޫއުތައް ހިންގުމަށްޓަކައި މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރ ވިދާޅުވީ އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާއި ދެމެދު 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީ އެއް 18 މާރޗް 2019 ގައި ސޮއިކޮށްފައިވާ ކަމަށެވެ. އަދި މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެ ފެސިލިޓީގެ ތެރެއިން ކަމަށެވެ. އަދި އިންޑިއާގެ އެގްޒިމް ބޭންކުން ހިންގާ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އެފަރާތުން ހަމަޖައްސާފައިވާ އުސޫލުތަކުގެ ތެރެއިން އެ މަސައްކަތުގެ ޑީޓެއިލް ޕްރޮޖެކްޓް ރިޕޯޓެއް ތައްޔާރުކޮށް ރިޕޯޓެއް ހުށަހަޅަން ޖެހޭ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.