ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރެވޭނެ އިންތިޒާމު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހަމަޖައްސައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ޢާންމު ފާޠިމަތު ނިއުޝާ ވިދާޅުވީ މަޖިލީހުގެ އިދާރާގެ މެމްބަރ ސަރވިސް ސެކްޝަނުން އެކަންކަން ކުރިޔަށް ގެންދާނެކަމަށެވެ. އަދި ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް މެމްބަރުން އެދިވަޑައިގެންނެވުމުން އެ އިންތިޒާމު ހަމަޖައްސާނެކަމަށް ނިއުޝާ ވިދާޅުވި އެވެ.

" މިއީވެސް މެމްބަރުންނާއި ރައްޔިތުންނާއި އޮންނަ ގުޅުން ވަރުގަދަ ވާނެކަމެއް ކަމަށް އަޅުގަނޑުމެން ދެކެން ." ނިއުޝާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީސް ކެމްޕޭންގައި އެމްޑީޕީން ބޭނުންކުރި އެޖެންޑާ 19 ގެ ދަށުން ދާއިރާގެ ރައްޔިތުންނާ ކޮންމެ މަހަކު އެއް ފަހަރު ބައްދަލު ކުރަންވާނެކަމަށް ބަޔާންކޮށްފައިވެ އެވެ. އަދި ދާއިރާގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ދާއިރާގައި އޮފީހެއް ޤާއިމު ކުރަންވާނެކަމަށްވެސް ވެއެވެ. މިހާތަނަށް އާއިރު ބައެއް މެމްބަރުން ވަނީ ދާއިރާގައި އޮފީސް ޤާއިމުކޮށްފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.