ހަމަނުޖެހުމަށް ބާރުދޭގޮތަށް ހިންގާ ހަރަކާތްތަކުގައި ސިވިލް ސަރވިސް މުވައްޒަފުން ބައިވެރިނުވުމަށް ސިވިލް ސަރވިސް ކޮމިޝަނުން ސިވިލް ސަރވިސް މުވައްޒަފުންނަށް ބާރުއެޅުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކޮމިޝަންގެ މެމްބަރުންނާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަމީން އާންމު ފާތުމަތު ނިއުޝާ ވިދާޅުވީ ސިވިލް ސަރވިސް ކޮމިޝަންގެ މެމްބަރުންނާއި މަޖިލީހުގެ ރައީސް ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އެގޮތުން މި ބައްދަލު ކުރެއްވުމުގައި އެއްވެއުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ސިވިލް ސަރވިސް މުވައްޒަފުންނަށް ފުރިހަމައަށް ލިބިދޭކަން މަޖިލީހުގެ ރައީސް ފާހަގަކުރެއްވިކަމަށް ނިއުޝާ ވިދާޅުވި އެވެ.

ސިވިލް ސަރވިސް ޤާނޫނުގެ 53 ވަނަ މާއްދާގެ ށ ގައި ބުނަނީ މަސައްކަތުގެ ރަސްމީ ގަޑީގައި ނުވަތަ ރަސްމީ ގަޑީގެ ބޭރުން ރަސްމީ މަސައްކަތުގައި އުޅޭ އެއްވެސް ވަގުތެއްގައި، އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވެގެން ނުވާނެ ކަމުގަ އެވެ.

މިފަހަކުން އެމްޑީއެން އިން ނެރުނު ރިޕޯޓެއްގައި ދީނާ ޚިލާފު ވާހަކަތަކެއް ހުރިކަމަށްބުނެ އެމްޑީއެން އުވާލަން ގޮވާލާ ރާއްޖޭގެ ރަށްރަށުގަޔާއި މާލޭގައި އަންނަނީ އެއްވުންތައް ބާއްވާ ހިނގާލުންތައް ބާއްވަމުންނެވެ. އަދި އެކަމަކީ ސިޔާސީ މަޤްސަދެއްގައި ކުރާކަމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަންނަނީ ތަކުރާރުކޮށް ވިދާޅު ވަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.