މަރު ކޮމިޝަނުން ހޯދަން އިއުލާން ކުރި އިރުފާން ރުޝްދީގެ ބަންދަށް ގދ. ތިނަދޫ ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފި އެވެ.

ހަތަރު މީހުންނާއެކު ގދ. ކާޑެއްދޫ ބޭރުން އިރުފާން ހައްޔަރު ކުރީ އިއްޔެގެ ވަގުތެއްގަ އެވެ. އިރުފާން އާއެކު އޭގެ ތެރޭގައި ތިން ދިވެހިންނާއި ބިދޭސީ އެއް ހިމެނެ އެވެ. 

ފުލުހުން މިއަދު ވިދާޅުވީ، އިރުފާން އާއި އެކުގައި ހައްޔަރު ކުރި ހަތަރު މީހުންނަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

އިރުފާން ހޯދަން ފުލުހުން އިއުލާން ކުރީ ބުރާސްފަތި ދުވަހުގެ ރޭ އެވެ.

އިރުފާންއަކީ ޖޫން 3، 2016 ގެ ރޭ ދެ ގޭންގެއް ދެމެދު ހިނގި މާރާމާރީގައި މ. ސަރުމާގޭ، ފާތިރު މުހައްމަދު ނަމަކަށް ކިޔާ ކުޑަ ކުއްޖަކު މަރާލި ކަމުގެ ތުހުމަތުގައި ހޯދަން އިއުލާންކޮށްފައިވާ މީހެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.