ޓްރާންސްޕޯޓް އޮތޯރިޓީގެ ބައެއް މުވައްޒަފުން ވަޒީފާ އިން ވަކިކުރަން ނޯޓިސް ދިން މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ބެލުމަށް މިއަދު ތާވަލް ކޮށްފި އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ މުވައްޒަފުންގެ ތެރެއިން މަސައްކަތަށް ފަރުވާކުޑަ މުވައްޒަފުންނަށް ވަޒިފާއިން ވަކިކުރުމުގެ ނޯޓިސް ދޭން ފެށީ މިިދިޔަ ހަފްތާގަ އެވެ.

މިއަދު ކޮމެޓީން ބެލުމަށް ނިިންމާފައިވަނީ  ޓްރާންސްޕޯޓް އޮތޯރިޓީން ވަކިކުރުމަށް ނޯޓިސް ދީފައިވާ މުވައްޒަފުން ފޮނުވި ސިޓީތަކެވެ.

އެ މައްސަލަ ބެލުމަށް ކޮމިޓީން ނިންމާފައިވާއިރު ޓްރާންސްޕޯޓް މިނިސްޓްރީން މީގެކުރިން ބުނެފައިވަނީ ހާޒިރީއިން ފަރުވާކުޑަކަމަށް ފާހަގަކުރެވޭ މުވައްްޒަފުންނާ މެދު ސިވިލް ސާވިސްގެ ގާނޫނާއި ގަވާއިދުގެ ތެރެއިން އަމަލު ކުރާނެ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.