އަންނަ އަހަރު މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ހުންނަ ސަރުކާރު ސްކޫލްތަކަށް އަލަށް ކުދިން ވެއްދުމަށް ބޭނުންވާ ފަރާތްތަކަށް، ދަރިވަރުން ވައްދަން އެދޭފޯމް ދޫކުރަން ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރައްވާފައިވާ އިއުލާނެއްގައި ވިދާޅުވެފައި ވަނީ ސްކޫލްތަކަށް އަލަށް ކުދިން ވެއްދުމަށް ދޫކުރާ ފޯމް މިއަދުން ފެށިގެން އެ މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށާއި، އެ މިނިސްޓްރީގެ ވެބްސައިޓުންވެސް ފޯމް ޑައުންލޯޑް ކުރެވޭނެ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ ފޯމު ފުރިހަމަ ކުރައްވާ މިމިނިސްޓްރީއަށް ހުށަހަޅުއްވާއިރު ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ހަމަކުރެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުން އިލްތިމާސްކުރައްވާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންނަ އަހަރު މާލޭގެ ސްކޫލްތަކަށް ދަރިވަރުން ވެއްދުމުގައި އަމަލު ކުރާނެ އުސޫލެއް މިހާރު އެކުލަވާލާފައެވެ. އެއުސޫލު ބުނާ ގޮތުން ސްކޫލްތަކަށް ކުދިން ވެއްދުމުގައި ސްކޫލް ހުންނަ ސަރަހައްދުގައި ދިރިއުޅޭ މާލޭ ރަށްވެހި ދަރިވަރުންނަށް ހާއްސަ އިސްކަމެއް ދެވޭނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.