ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އިން އިސްނަގައިގެން ބީއެމްއެލް އާ ގުޅިގެން ބޭއްވި "ޕިންކް ރިބަން ރަން ވޯކް" ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

ހޮނިހިރު ދުވަހު ހަވީރު ހުޅުމާލޭގެ އިތުރުން އަތޮޅު ތެރޭގައި ބޭންކް އޮފް މޯލްޑިވްސްގެ ބްރާންޗް ހުރި 28 ރަށުގައި ކުރިއަށްގެންދިޔަ މި ހަރަކާތުގައި ދުޅަހެޔޮ ސިއްޙަތެއްގެ މުހިންމުކަން އަންގައިދޭ ސިއްޙީ ގިނަ މަޢުލޫމާތުތަކެއް އާންމުންނާއި ވަނީ ހިއްސާކޮށްފައެވެ.

މި ހަރަކާތް އިންތިޒާމުކުރުމުގައި ބޭންކުގެ 150 އެއްހާ މުވައްޒަފުން އަމަލީ ގޮތުން ބައިވެރިވެފައިވެއެވެ.

ދުނިޔޭގައި އުރަމަތީ ކެންސަރަށް ހޭލުންތެރިކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ވެސް އޮކްޓޯބަރ މަހު، ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދެއެވެ.

އެގޮތުން ރާއްޖޭގައިވެސް އޮކްޓޯބަރުމަހަށް ދެމިގެންދާ ގޮތަށް އުރަމަތީ ކެންސަރަށް ޢާންމުން ހޭލުންތެރިކުރުމަށް ގިނަ ހަރަކާތްތަކެއް ބާއްވަމުން ގެންދާއިރު، ޕިންކް ރިބަން ރަން ވޯކް އަކީ މި މަހުގައި ބާއްވާ އެންމެ ބޮޑު ހަރަކާތެވެ.

ބޭންކް އޮފް މޯލްޑިވްސް އިން އަންނަނީ 2016 ވަނަ އަހަރުން ފެށިގެން ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.