ބޮލީވުޑްގެ މަޝްޙޫރު ފިލްމީތަރި އަކްޝޭ ކުމާރު އިންތިޒާމުކޮށް އިންޑިއާގެ އެންމެ ގިނަ މީހުން ބައިވެރިވި ކޫޑޯ މުބާރާތުގައި "ކޫޑޯ މޯލްޑިވްސް" ގެ ހުނަރުވެރި 5 ބައިވެރިން ބައިވެރިވެ ރާއްޖެއަށް ރަންވަނަތަކެއް ހޯދައިދީފިއެވެ.

ރާއްޖެ ތަމްސީލުކޮށް ބައިވެރިވި 5 ބައިވެރިންގެ ތެރެއިން 2 ރަން މެޑަލް ، 2 ރިހި މެޑަލް އަދި 1 ބްރޮންޒް މެޑަލް ހޯދާފައިވެއެވެ.

މި މުބާރާތުގައި، ރަން މެޑަލް ހޯދާފައިވަނީ އަޙުނަފް ޝަފީޤު، "ކޫޑޯ" (ފިޒިކަލް އިންޑެކްސް) ގެ 230 ން ދަށުގެ ބައިންނެވެ. އަދި ނަޖާހު އިބްރާހިމް ރަން މެޑަލް ހާސިލް ކޮށްފައިވަނީ 250 ން ދަށުގެ ބައިންނެވެ.

މިމުބާރާތުގައި އަހުނަފް ޝަފީޤު، ރަން މެޑަލް ހޯދާފައިވަނީ، 230ން ދަށުގެ ބައިގައި އިންޑިއާގެ އެތްލީޓަށް ދިމާވި އިންޖަރިއަކާއި ގުޅިގެން މުބާރާތުގައި ވާދަ ނުކުރެވުމުގެ ސަބަބުން ދެން އިން ރާއްްޖޭގެ އެތްލީޓާއި ވާދަކޮށްގެންނެވެ. އަދި ނަޖާހު އިބްރާހީމް ރަން މެޑަލް ހޯދާފައިވަނީ 250ން ދަށުގެ ބައިން އިންޑިއާގެ ޤައުމީ ޓީމުގެ ކުޅުންތެރިއަކާއި ވާދަަކޮށް ފުރަތަމަ ބުރުގައިި އެއްވަރުވުމުން ދެވަނަ ބުރަކަށް ގޮސްގެންނެވެ.

މިމުބާރާތުގައި، ލޯމެޑަލް (ބްރޮންޒް މެޑަލް) ހޯދާފައިވަނީ ޢަބްދުﷲ ފިރުޝާން، 240ން ދަށުގެ ބައިން ވާދަކޮށްގެންނެވެ.

މުބާރާތުގައި، ރިހި މެޑަލް ހޯދާފައިވަނީ އަޙްމަދު މުސްޢަބު ޙުސެއިން، 230ން ދަށުގެ ބައިން ވާދަކޮށްގެންނެވެ. އަދި ޙުސައިން ޒިލާލް ރިހި މެޑަލް ހޯދާފައިވަނީ 240ން ދަށުގެ ބައިން ވާދަކޮށްގެންނެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ދިޔަ ދިވެހިންނަނީ “ކޫޑޯ ޑައިޑޯ ޖުކޫ މޯލްޑިވްސް”ތަމްރީން ލިބިފައިވާ ހުނަރުވެރި ބައިވެރިންކަން ފާހަގަކޮށްލެވެއެވެ.

އަދި މިމުބާރާތުގައި ބައިވެރިވި ޓީމުގައި ހިމެނެނީ ކޫޑޯ މާލެ ބްރާންޗް 2 ކުޅުންތެރިންނާއި، ޝާކްސް މާޝަލް އާރޓް އެކަޑަމީގެ 2 ކުޅުންތެރިން އަދި ޝީން އަޓެމީ މޯލްޑިވްސްގެ 1 ކުޅުންތެރިއެކެވެ

މި މުބާރާތުގައި ބައިވެރިވުމަށް ފަސް ދިވެހިންނާއި އެކު ދެ ކޯޗުންވެސް ގޮސްފައެވެ.

ކޫޑޯ ބްލެކް ބެލްޓް އަދި އިންސްޓްރަކްޓަރ އަޝްޙަމް ޢަބްދުﷲ ގެ ދަށުން ދިވެހިރާއްޖޭގައި އުފެދުނު ކޫޑޯ ޑައިޑޯ ޖުކޫގެ ގޮފީގައި ޖަޕާނުގެ މިކްސްޑް އާޓްސްގެ ހުނަރުތައް ދަނީ ކިޔަވައިދެމުންނެވެ.

"ކޫޑޯ މޯލްޑިވްސް" މިހާތަނަށް ބައިނަލްއަޤުވާމީ 6 މުބާރާތެއްގައި ބައިވެރިވެފައިވެއެވެ.

މިމުބާރާތުގައި ބައިވެރިވި ޓީމު މާދަމާ ހެނދުނު ކާމިޔާބީޔާއި އެކު ރާއްޖެ އަނބުރާ އައުމަށް ވަނީ ހަމަޖެހިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.