ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރުމަށް އުފައްދާފައިވާ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހޯދަން އިއްލާން ކުރި މ. ކުރިރުއްގެ އިރުފާން ރުޝްދީ ހައްޔަރުކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި އިރުފާން ހައްޔަރުކޮށްފައިވަނީ ގދ. ތިނދޫން ރޭގެ ވަގުތެއްގައެވެ.

އިރުފާން ތިނަދޫން ހައްޔަރުކޮށްފައި މިވަނީ އޭނާ 2015 ވަނަ އަހަރު ރާއްޖެއިން ބޭރަށް ފުރައިގެން ދިޔަ ގޮތަށް ރާއްޖެއަށް އެތެރެ ނުވާކަމަށް އިމިގްރޭޝަނުން ބުނެފައިވަނިކޮށެވެ. މަރު ކޮމިޝަނުން އިރުފާން ހޯދުމަށް އިއްލާން ކުރުމުން އިމިގްރޭޝަނުން ވަނީ އިރުފާން ރާއްޖެ ނާންނަ ކަމަށް ބުނެފައެވެ.

އިފްރާން ހޯދަން އިއުލާނު ކޮށްފައިވަނީ މީގެ ތިން އަހަރު ކުރިން ހިންގި ސިލްސިލާ މާރާމާރީއެއްގައި މަރައިލި އުމުރުން 14 އަހަރުގެ ދެ ކުދިންގެ ތެރެއިން ފާތިރު މުހައްމަދުގެ މައްސަލައިގައެވެ.

2016 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ހިންގި މާރާމާރީގައި ކަރަށް ވަޅި ހެރުމުން ފުރަތަމަ މަރުވީ، ކ. ކާށިދޫ އަހްމަދު އިރުޝާނެވެ. އޭގެ ތިން ގަޑިއިރު ފަހުން ބުރަކައްޓަށް ވަޅި ހެރުމުން ފަރުވާ ދެނިކޮށް މަރުވީ، މާލެ އަށް ނިސްބަތްވާ ފާތިރު މުހައްމަދެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.