ނަސޭހަތް ދިނުމަކީ އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަން ޖެހޭ ދީނީ ހައްގެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

ތުބާގައި ބުނެފައިވަނީ އެހެން މީހުން ދޭ ހެޔޮ ނަސޭހަތް ގަބޫލުކުރުމުގައި ފަސްޖެހި، ލަދު ގަނެގެން ނުވާނެ ކަމަށާއި، ހެޔޮ ނަސޭހަތް ދިނުމަކީ ދީނީ ހައްޤެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ކަމެއް ކަމަށެވެ.

"މުޖުތަމައުގެ އަފްރާދުން، އެއް ބަޔަކު އަނެއް ބަޔަކަށް ނަސޭހަތް ދިނުމާއި، ހެޔޮ ކަންތަކަށް އަމުރުކޮށް ނުބައި ކަންތައް ނަހީ ކުރުމުގައި ފަސްޖެހިގެން ނުވާނެއެވެ. އަދި އެފަދަ ފަރާތްތަކުން ދޭ ހެޔޮ ނަސޭހަތް ގަބޫލުކުރުމުގައި ފަސްޖެހި، ލަދު ގަނެގެން ނުވާނެއެވެ. އެއް މުސްލިމަކު އަނެއް މުސްލިމަކަށް އަދާކުރަން ޖެހޭ ދީނީ ހައްގެއްގެ ގޮތުގައި ނަސޭހަތްދިނުން ކަނޑައަޅުއްވާފައިވެއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ހުތުބާގައި ބުނީ، އިސްލާމްދީނަކީ މީސްތަކުންގެ މެދުގައި އޮންނަ ލޯތްބާއި ގުޅުންތައް ބަދަހިކަންމަތީ ދެމެހެއްޓުމަށް ބާރުއަޅާ ދީނެއް ކަމަށެވެ. އަދި  މުޖުތަމައުގެ ގުޅުންތައް އިތުރަށް ހަރުދަނާ ވެގެންދާނެ ކަންތަކުގެ ތެރޭގައި އެކަކު އަނެކަކަށް ޒިޔާރަތްކުރުމާއި، ހިތާމަތަކާއި އުފާތަކުގައި ބައިވެރިވުން ހިމެނޭ ކަމަށާއި އެކަމުގެ ސަބަބުން މުޖުތަމައުގެ އަފުރާދުންގެ މެދުގައި އޮންނަ ގުޅުންތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ

"އިސްލާމްދީނަކީ މީސްތަކުންގެ މެދުގައި އޮންނަ ލޯތްބާއި ގުޅުންތައް ބަދަހިކަންމަތީ ދެމެހެއްޓުމަށް ބާރުއަޅާ ދީނެވެ. އެ ލޯތްބާއި ގުޅުންތައް އޮންނަންވާނީ ހަމައެކަނި ދިރިއުޅުމުގެ ހަޔާތުގައި އެކަންޏެއް ނޫނެވެ. ދިރިހުރި އިރު އޮތް ގުޅުންތަކާއި ހައްގުތައް، މަރުވުމަށްފަހުގައި ވެސް ދަމަހައްޓަން ޖެހެއެވެ. އެ ހައްގުތަކުގެ ތެރޭގައި ޖަނާޒާގައި ބައިވެރިވުމާއި ކަށުނަމާދުގައި ބައިވެރިވުމާއި މައްޔިތާ ވަޅުލުމުގެ ކަންތައްތަކުގައި ބައިވެރިވުމާއި މައްޔިތާއަށް ހެޔޮ ދުއާކުރުން ހިމެނެއެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.