އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު ހަތް ބޭފުޅަކު މި ސަރުކާރުގެ ތެރޭގައި ވެސް އެބަ ތިއްބެވި ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން މިކަން ހާމަކުރީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި އެސެޓް ރިކަވަރީ ކޮމިޝަނު ގުޅިގެން ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

"މިހާރުގެ ސަރުކާރުގައި ވެސް ހިމެނޭ ހަތް މީހަކު މީގެ ތެރޭގައި އުޅޭ ކަމަށް ފާހަގަކުރެވޭ" އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ރިޔާޒް ވިދާޅުވިއެވެ.

ނަމަވެސް ތަހުގީގު ކުރިއަށްދާތީ އެއްވެސް ފަރާތެއްގެ ނަމެއް މި ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކޮށްފައެއް ނުވެއެވެ.

ރިޔާޒު ވިދާޅުވީ ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ އަދަދުތައް އެނގުނު ނަމަވެސް އެއީ ހިޔާނާތުގެ ބައިވެރިން ކަމަށް ކަނޑައެޅިދާނެއޭ ބުނަން އަދި ތަންކޮޅެއް އަވަސް ކަމަށެވެ. އެގޮތުން އެ ފައިސާއާ ހަވާލުވީ އެއީ ސީދާ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާކަން އެނގިގެންތޯ ބަލަންޖެހޭ ކަމަށް ރިޔާޒު ވިދާޅުވިއެވެ.

"ނަމަވެސް ބައެއް ފަރާތްތަކުގެ މަގާމުގެ މަސްއޫލިއްޔަތާއި އޮތޯރިޓީ ބޭނުން ކުރުމަށްޓަކާ ސީދާ އެ ފަރާތަކަށް ފައިސާ ދީފައި ހުރިކަމަށް، މި ފައިސާ ބެހުމުގައި އުޅުނު ފަރާތްތަކާއި ފައިސާ ހަވާލުކުރި އެބަހުރި ދީފައި" ރިޔާޒު ވިދާޅުވިއެވެ.

މި ސަރުކާރުގެ ތެރޭގައި ހިޔާނާތުގެ ފައިސާ ލިބުނު މީހުން ތިބި ކަމަށް ފުލުހުން ވިދާޅުވިއިރު، މިދިޔަ ހޯމަ ދުވަހު ބޭއްވި މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ވަނީ މި ސަރުކާރުގެ ވަޒީރުންގެ ތެރޭގައި އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅުންހުރި ފަރާތްތައް ތިބިކަން ހާމަކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.