ކ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާގިބު އަހުމަދު މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ރާގިބު ވަނީ މަގާމުން އިސްތިއުފާ ދެއްވިކަން ވަނީ ޔަގީން ކޮށްދެއްވާފައެވެ.

ރާގިބު މަގާމުން އިސްތިއުފާ ދެއްވާފައިވަނީ އެމަނިކުފާން މަގާމުން ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައި ވަނިކޮށެވެ.

ރާގިބު މިއަދު ވިދާޅުވީ އެމަނިކުފާން މަގާމުން އިސްތިއުފާ ދެއްވީ މި ސަރުކާރުގެ ޖުޑިޝަރީގެ ކަންކަން އިސްލާހު ކުރުމުގެ ނަމުގައި ހިންގާ އަނިޔާވެރިކަމުން ދުރުވުމަށް ކަމަށެވެ. އެގޮތުން ޖޭއެސްސީން ނިންމާ ނިންމުން ތައް ހަމަހަމަ ނޫންކަމަށް ރާގިބު ވިދާޅުވިއެވެ.

ރާގިބު ވިދާޅުވީ ދާދި ފަހުން ޖޭއެސްސީން ނިންމި ފެމެލީ ކޯޓުގެ ފަނޑިޔާރު ހުސެއިން ސައީދުގެ މައްސަލަ އާއި އެމަނިކުފާންގެ މައްސަލައަކީ އެގޮތް ދެމައްސަލަ ކަމަށާއި ޖޭއެސްސީން އެމައްސަލަ ބަލައި ހުސެއިން ސައީދަށް ދިނީ ޕްރޮމޯޝަން ކަމަށެވެ. އަދި އެމަނިކުފާންގެ މައްސަލަ ބަލައި ނިންމީ މަގާމުން ވަކިކުރުމަށް މަޖްލިސްއަށް ފޮނުވުމަށް ކަމަށެވެ.

ޖޭއެސްސީން ބުނީ ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާގިބް އަހުމަދާ ބެހޭގޮތުން ޖޭއެސްސީން ތަހުގީގު ކުރެވުނު މައްސަލާގައި ގާނޫނުގައި ބަޔާންކޮށްފައިވާ ހުރިހާ މަރުހަލާއެއް ފުރިހަމަ ކުރުމަށްފަހު ފަނޑިޔާރު ރާގިބު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ނިންމާފައިވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.