އެންމެ ފުރަތަމަ ބޮޑީޓެކް ޖިމަށް ވަނުމާއެވެސް ފެނިގެންދިޔައީ ހޭލަމޭލަ ބުރަ މާހައުލެކެވެ. ޖިމްގެ އެންމެ ޕީކްގަޑިއަށް ވުމުން ކަމަށްވެސް އެކަށީގެންވެއެވެ. ޖިމްއޮތީ ގާތްގަނޑަކަށް ފުރާލާފައެވެ.

ޖިމްގެ އެކި ހިސާބުތަކުގައި އަވަދިނެތި ކަސްރަތުކުރުމުގައި ހަރަކާތްތެރިވާ ކަސްޓަމަރުންނާއި، އެހީތެރިވެދޭ އިންސްޓްރަކްޓަރުންގެ އިތުރުން ޕަރސަނަލް ޓްރެއިނަރުންވެސް އެމީހުންގެ ކްލަޔަންޓުންނަށް އިރުޝާދު ދިނުމުގައި ހަރަކާތްތެރިވެއެވެ. އެތަނުން އެންމެ ފާހަގަވީ އާދައިގެ ހެދުމުގައި އިށީނދެލައިގެން ހުރި ތަލްހަތެވެ. 

"މިއަދު އަސްލު ބަލިކޮށް އުޅޭތީ ޖިމަށް ނާންނަން ހުރީ، އެކަމު މި މީހުން ގުޅައިގެން ގެނައީ" ތަލްހަތު ބުންޏެވެ. 

ތަލްހަތަކީ ޖިމްގެ ރެގިއުލަރ ކަސްޓަމަރެކެވެ. މެދުނުކެނޑި ޖިމަށް އަންނަތާ 8 މަސް ވެއްޖެއެވެ. 

"އެންމެ ފުރަތަމަ ޖޮއިން ކުރީ އޭރު އިން ތްރީ މަންތްސްގެ ޕްރޮގްރާމަކަށް. ތިން މަހު ރެގިއުލަރކޮށް އާދެވޭތޯ ބެލީ. ކުރިން ޖިމްތަކުގަ ވާގޮތަކީ ދުވަސްކޮޅަކު ގޮސްލާފަ ދެން ނުއެއް ދެވޭ. އެހެންވެ ފުރަތަމަ ތިން މަހު އާދެވޭތޯ ބެލީ. އިތުރު ތިން ރައްޓެހިންނާއެކު ޖޮއިން ކުރީ. ދެން މިކޮޅަށް އަންނަން ފެށީމަ އެނގުނީ، އިންސްޓްރަކްޓަރުން ވަރަށް ނައިސް، ދެން އަހަރުމެންނާއެކު ސަކަރާތް ޖެހުމުގެ ތެރޭގަ ވޯކްއައުޓް ނިމިގެންދާ ގޮތްވެސް ނޭނގެ. ވަގުތު ދާ ގޮތެއް ނޭނގެ. އެއް ފެމެލީއެއް ގޮތަށް މި މީހުންވެސް އުޅެނީ" ބޮޑީ ޓެކްގައި ތަލްހަތުގެ ތަޖުރިބާ ހިއްސާކުރަމުން ކިޔައިިދިނެވެ. 

"އެންމެ ފުރަތަމަ ޕީޓީއެއްވެސް ނުނަގަން. ހަމަ އެކަނި ވޯކްއައުޓް ކޮށްލާ ގޮތަށް އައީ. އެކަމު ހަމަ ވަރަށް ހެލްޕްފުލް ހުރިހާ އިންސްޓްރަކްޓަރުން ވެސް. އެމީހުންގެ ގައިޑެންސާއެކު މަސައްކަތްކުރަމުން ގޮސް ބޮޑީއަށް އެނގުންވާން ފެށީ. ދެން އެހިސާބުން ރޫޓިން ސެޓްވެ ހަމަ އާދެވެންފެށީ. ދެން އަންނަ ހިތުން ހަމަ އަންނަނީ. ފަހުން މި މީހުންނާ ގާތްވެގެން ގޮސް، ބަލިވިޔަސް ގުޅާފަވެސް ބުނޭ ވޯކްއައުޓް ނުކުރިއަސް ދެން އަންނާށޭ. އެގޮތަށް ދެން މިހާރު މިތަނަށް ލޯބި ޖެހިފަ މިހުރީ." ތަލްހަތު ކިޔައިދިނެވެ.

ބޭނުންވާ ނަތީޖާ ބޮޑީޓެކް މެދުވެރިކޮށް ލިބޭތޯ ކުރި ސުވާލަށް ޖަވާބުދެމުން ތަލްހަތު ބުނީ ހަށިގަނޑު ބޭނުންވާ ސްޓައިލަށް ގެނައުމަށް ވޭތުވެދިޔަ 8 މަސް ތެރޭ ކުރި މަސައްކަތުގެ ނަތީޖާ ވަރަށް ފޮނި ކަމަށެވެ.

"ވަރަށް ބޮޑު އިމްޕްރޫވްމަންޓެއް ލިބިފަ މިހުރީ. ވަރަށް ހިތްހަމަޖެހޭ" ތަލްހަތު ބުންޏެވެ.

ދެން ވާހަކަދައްކާލީ ޕަރސަނަލް ޓްރެއިނަރެއްގެ އިރުޝާދުގެ ދަށުން ވޯކްއައުޓް ކުރިއަށް ގެންދާ ޝުޒްނާއާއެވެ. މިހާރު ފިރިމީހާއާއެކު ޖިމަށް އަންނަ ޝުޒްނާ އެންމެ ފުރަތަމަ، މީގެ 5 މަސް ކުރިން، ބޮޑީޓެކްގެ މެމްބަރަކަށްވީ ކައިވެންޏަށް ތައްޔާރުވުމަށެވެ. 

ޝުޒްނާ ބުނީ ގަވާއިދުން ޖިމަށް އައުމަށް ސަމާލުކަށް ދެވެނީ ފިރިމީހާގެ އިތުރުން ޓްރެއިނަރގެވެސް ހިތްވަރާއެކު ކަމަށެވެ. 

"ފްރައިޑޭ ނޫން ކޮންމެ ދުވަހަކުވެސް އަންނަން. ފިރިމީހާއާއެކު އަންނާތީ އެކަކު ޑީމޯޓިވޭޓް ވެފަ ހުރިއްޔާ އަނެކަކު މޯޓިވޭޓް ކޮށްދޭނެ. ދެން ޓްރެއިނަރވެސް ގުޅާނެ ގެންނަންވެގެން" ޝުޒްނާ ބުންޏެވެ.

މީގެ ކުރިންވެސް އެހެން ޖިމްތަކަށް ދިޔަކަމަށާއި، މި ޖިމްގެ އެންމެ ބޮޑު ތަފާތަކީ ރަހުމަތްތެރި މާހައުލުކަން ޝުޒްނާ ފާހަގަކުރިއެވެ. 

"ބޮޑީޓެކްގެ އެންމެ ސަޅި ތަންކޮޅަކީ މިތާގެ އެެންމެންވެސް ވަރަށް ފްރެންޑްލީ ވާނެ. ދެން ވަރަށް ވެލްކަމިންގ އެންވަޔަރމެންޓެއް. މިތަނަށް އަންނަ ކުދިންވެސް ވަރަށް ފްރެންޑްލީ ވާނެ. ވަރަށް މޯޓިވޭޓިންގް އެންވަޔަރމެންޓެކޭ ބުނެވޭނީ. އަދި ޓްރެއިނަރއާ އޮންނަ ބޮންޑް ރަނގަޅުވީމަ ވަރަށް ސަޅި." ޝުޒްނާ ކިޔައިދިނެވެ. 

ބޮޑީޓެކްއިން ކަސްޓަމަރުންނަށް އިރުޝާދު ދިނުމުގައި ސަމާލުކަންދޭ ކަންކަން އޮޅުންދިލުވައިލުމަށް އިންސްޓްރަކްޓަރ އަދި ޕަރސަނަލް ޓްރެއިނަރ ޝިމާލްއާ ވާހަކަދައްކާލީމެވެ. 

"އެންމެ ބޮޑު އިސްކަމެއް ދެނީ ނަތީޖާ ނެރެދިނުމަށް އެހީވުމަށް. ދެން އެންމެ މުހިންމު ކަމަކީ ކޮމިއުނިކޭޝަން. އަމިއްލަ ކްލަޔަންޓުން ނޫންކަމުގަވިޔަސް ވަރަށް ބޮޑު އިސްކަމެއްދެން ޖިމަށް ވަނުމާއެކު ހަމަ ރަނގަޅި ކޮމިއުނިކޭޓިވް މާހައުލެއް އުފެއްދުމަށް. ހަމަ ދުވަސް ދާގޮތް އަހާލާ އެދުވަހަކު ޖައްސަން ބޭނުން އެއްޗެއް އޮޅުންފިލުވާ އެކަމުގަ ހެލްޕް ވެދިނުމަށް" ޝިމާލް ބުންޏެވެ. 

ޝިމާލް ބުނީ މިހާތަނަށް ލިބޭ ފީޑްބެކް ވަރަށް ރަނަގަޅުކަމަށާއި "ކްލަޔަންޓުންގެ ރެކޮމެންޑޭޝަނަށް ޖިމަށް އަލަށް ވަންނަ މީހުންވެސް ގިނަ" ކަމަށެވެ. 

ބޮޑީޓެކްގައި ވާހަކަދައްކާލި ހުރިހާ ކަސްޓަމަރުންވެސް އެންމެ ބޮޑަށް ފާހަގަކުރީ އިންސްޓްރަކްޓަރުންނާއި ޕީޓީންގެ ހިތްހެޔޮކަމާއި ރަހުމަތްތެރިކަމެވެ. އަދި ޖިމްގެ ހިދުމަތް ދެމެހެއްޓުމަށް ޖިމްގެ ސްޓާފުން ކުރާ މަސައްކަތް ކަސްޓަމަރުން ބަލައިގަނެފައިވާ މިންވަރު ފާހަގަވިއެވެ. ޖިމްގެ ހިދުމަތްތަކާ ގުޅޭ މައުލޫމާތު 7937777 އަށް ގުޅުމުން ލިބޭނެކަމަށް ބޮޑީޓެކުން މައުލޫމާތު ދެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.