އުލަތުގެ ފައިސާ އަށް ހިޔާނާތްތެރިވި މީހުން، ދައުލަތުގެ މަގާމުތަކުގައި ތިބެގެން ނުވާނެ ކަމަށް ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.

ރައީސް ވަހީދު މިހެން ވިދާޅުވެފައިމިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅުންހުރި ފަރާތްތައް މި ސަރުކާރުގެ ވަޒީރުންގެ ތެރޭގައި ވެސް ފަނޑިޔާރުން އަދި ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ވެސް އެބަ ތިއްބެވި ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް މިއަދު ހާމަކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.

ޕީޖީ ބިޝާމް މިކަން ހާމަކުރެއްވީ އެމްއެމްޕީއާރްސީގެ ހާއްސަ އޮޑިޓާއި ގުޅިގެން މިއަދު ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައެވެ. އެހެންނަމަވެސް އެއީ ކޮން މެންބަރުންނެއް ކަމެއް އެކަމަނާ ވިދާޅެއްނުވެއެވެ. އަދި ޕީޖީ ވަނީ ތަހުގީގަށް ހުރަސް އެޅިދާނެތީ ކޮމެޓީ ސިއްރު ކުރުމަށް އެދިލައްވާފައެވެ.

ޕީޖީ އެހެން ވިދާޅުވުމުން އެ ކޮމެޓީގެ މުގައްރިރު ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒު ވަނީ ކޮމިޓީގައި ހާމަކުރެވެން ހުރި މައުލޫމާތު ހާމަ ކޮށްދެއްވުމަށް ޕީޖީގެ ކިބައިން އެދިލައްވާފައެވެ. އަދި ފަހުން ސިއްރު ކުރަން ޖެހުމުން ސިއްރު ކުރާނީ ކަމަށް އޭނާ ވިދާޅުވިއެވެ.

މުގައްރިރު އެފަދައިން ވިދާޅުވި ނަމަވެސް ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވަނީ ޕީޖީ އެގޮތަށް އެދިލެއްވުމުން ކޮމެޓީ ސިއްރު ކުރުމަށް ހުށަހަޅާފައެވެ. ނަމަވެސް ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ވަނީ ޕީޖީ އެދުނު ގޮތަށް ކޮމިޓީ ސިއްރުކުރުމުގެ އިތުރަށް، އެމްއެމްޕީއާރްސީގެ މައްސަލައިގައި ތަހުގީގުކުރެވުމުންދާ މާލިއްޔަތު ކޮމިޓީގެ މެމްބަރުންނަކީ ކޮން ބައެއް ކަން އެނގުމުން، އެ މެމްބަރުންނާ ނުލާ ކޮމިޓީ ކުރިއަށް ގެންދިއުމަށެވެ. މި ހުށައެޅުއްވުމަށް ތާއީދު ކުރެއްވީ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު އެވެ. ޔައުގޫބުގެ އެ ހުށަހެޅުން ފާސްވީ ކޮމެޓީގެ މެންބަރުންގެ އިއްތިފާގުންނެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅޭ ގޮތުން އޭސީސީން އާއްމުކުރި އެ ކޮމިޝަނުގެ ތަހުގީގު ރިޕޯޓުގައި 57 ރަށެއް ނުއަގުގައި ގަވާއިދާއި ޚިލާފަށް ވިއްކާފައިވާ ކަން ފާހަގަކޮށްފައިވާއިރު ރަށްތައް ދޫކުރުމަށް ފަހު އެކުއިޒިޝަން ފީގެ ގޮތުގައި ދައުލަތަށް ލިބިފައިވަނީ 12 މިލިއަން ޑޮލަރެވެ. އޭސީސީގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި 77 މިލިއަން ޑޮލަރު ލިބެން ޖެހެއެވެ. ދައުލަތަށް ލިބުނު 12 މިލިއަން ޑޮލަރުން ވެސް އެކި މިންވަރުން އެސްއޯއެފްގެ އެކައުންޓަށް ޖަމާ ކޮށްފައިވާކަން ރިޕޯޓުން ހާމަވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.