ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހާރު ޖަޕާނަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޔަމަކީ ކޯ ލިމިޓެޑްގެ ރައީސް,ޔޮޝިހިރޯއާ ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި މަސްވެރިކަމާބެހޭ ދާއިރާއިން ރާއްޖެއަށް އިންވެސްޓްމަންޓްގެ ފުރުޞަތުތައް އިތުރުކުރުމާ ބެހޭގޮތުން މިއަދު މަޝްވަރާކުރައްވިއެވެ.

މީގެ އިތުރުން މި ބައްދަލުކުރެއްވުމުގައި ޔަމަކީގެ ރައީސްގެ އިތުރުން އެކުންފުނީގެ ސީނިއަރ މެނޭޖުމަންޓުގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އައްޑޫގައި ހުންނަ "ޔުއަރ މޯލްޑިވިއަން އައްޑޫ ކަޓުސުސުއޮބުޝި ޕްރައިވެޓް ލިމިޓެޑް" އަކީ ޔަމާކީ ކޯ ލިމިޓެޑްގެ ސަބްސިޑަރީ ކުންފުންޏެކެވެ. އައްޑޫގައި ހުންނަ މި ފެކްޓްރީން "ކަޓުސުއޮބުޝި" އުފެއްދުމަށް ރާއްޖޭގެ މަސްވެރިންގެ އަތުން އަހަރަކު 200 ވަރަކަށް ޓަނުގެ މަސް ގަނެއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާއާ ޔަމާކީ ކޯ ލިމިޓެޑްގެ އޮފިޝަލުން ވަނީ އެ ކުންފުނީގެ ވިޔަފާރި ރާއްޖޭގައި އިތުރަށް ފުޅާކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ޔަމަކީން އައްޑޫގައި ޤާއިމުކޮށްފައިވާ ފެކްޓްރީގައި " ކަޓުސުއޮބުޝި" އުފެއްދުމާއި މަހުގެ އުފެއްދުންތައް އުފެއްދުމަށް ދިގުމުއްދަތަކަށް ރާއްޖޭގައި އިންވެސްޓްކޮށްފައިވާތީ އެކަން ފާހަގަކުރައްވާ ކުންފުނީގެ ވެރިންނަށް ޝުކުރު އަދާކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.