އެމްއެމްޕީއާރުސީ ޚިޔާނާތުގެ މައްސަލާގައި ފަނޑިޔާރުން ހިމެނިވަޑައިގަންނަވާ ނަމަ އެބޭފުޅުންނާ މެދު ފިޔަވަޅު އެޅުމަށް ފަނޑިޔާރުންގެ ޖަމިއްޔާއިން ގޮވާލައިިފިއެވެ.

އެޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނީ ޚިޔާނާތުގެ މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ ތެރޭގައި ފަނޑިޔާރުންތަކެއް ހިމެނުމަކީ އެކަމާއި މެދު ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެޖަމިއްޔާއިން މިހެން ބުނީ ޚިޔާނާތުގެ މައްސަލާގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ ތެރޭގައި، މިހާރު މަގާމުގައި ތިއްބެވި ފަނޑިޔާރުންތަކެއް ހިމެނޭ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވިދާޅުވުމާއި ގުޅިގެންނެވެ.

ފަނޑިޔާރުންގެ ޖަމިއްޔާގެ ބަޔާނުގައި ވިދާޅުވީ އެއްވެސް މިންވަރެއްގެ ޖިނާޢީ ތުހުމަތުތަކެއް ފަނޑިޔާރެއްގެ މައްޗަށް ކުރެވޭނަމަ، ކަމާބެހޭ އިދާރާތަކުން އެކަން ބަލައި ތަހުގީގުކޮށް، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކަށް ގޮވާލާކަމަށެވެ.

އެމްއެމްޕީއާރުސީ މައްސަލާގައި ދައުލަތުގެ ބައެއް ވަޒީރުންނާއި، މަޖިލީހުގެ ބައެއް މެންބަރުންނަށްވެސް ތުހުމަތު ކުރެވޭ ކަމަށް ޕީޖީ ވަނީ ވިދާޅުވެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.