ގދ, ގައްދޫ އަދި ތ. ތިމަރަފުށީ މަގުތައް ހަދައިދޭނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ޕްލޭނިން މިނިސްޓްރީގެ އެދުމުގެ މަތިން ގައްދޫ އަދި ތިމަރަފުށީގެ މައި މަގުތައް ހަދައިދޭނެ ބަޔަކު ހޯދަން އިއުލާނު ކުރާ ކަމަށެވެ.

ގައްދޫގެ މަގު ހެދުމުގެ މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން ބިޑް ސެކިޔުރިޓީގެ ގޮތުގައި 750،000 ރުފިޔާ ނުވަތަ އެއާ އެއްވަރުގެ އަދަދަކުން ޑޮލަރު ހުށަހަޅަން ޖެހޭ ކަމަށް އިއުލާނުގައިވެއެވެ. އަދި ތިމަރަފުށީ މަގުހެދުމުގެ މަސައްކަތުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 350،000 ރުފިޔާ ނުވަތަ އެއާ އެއްވަރުގެ އަދަދަކުން ޑޮލަރު ހުށަހަޅަން ޖެހޭ ކަމަށް އިއުލާނުގައިވެއެވެ.

 މި މަސައްކަތަށް ޝަރުތު ހަމަވާ ބަޔަކު ހޯދުމުގެ ކަންތައް ކުރިއަށް ގެންދާނީ އިންޓަނޭޝަނަލް ކޮމްޕެޓެޓިވް ބިޑިން އުސޫލުގެ ދަށުން ކަމަށް ފިނޭންސުން ބުނެއެވެ.

ކޮންމެ ބިޑެއްގައި ބައިވެރިވުމަށް 1500 ރުފިޔާ ނުވަތަ 100 ޑޮލަރުގެ ނަން ރިފަންޑަބަލް ރެޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެއެވެ.

މިއަދުން ފެށިގެން އަންނަ މަހުގެ 20ގެ ނިޔަލަށް ފައިސާ ބަލައިގަންނައިރު، ބިޑް ހުޅުވުން އޮންނާނީ އަންނަ މަހުގެ 21 ވަނަ ދުވަހުއެވެ.

މިއަހަރުގެ ބަޖެޓުގައި މި ދެރަށުގެ މަގު ހެދުމުގެ މަޝްރޫއަށް 13 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.