އިސްލާމް ދީނަށް ލޯބިކުރާ މީހަކު ލާދީނީ ޖަމިއްޔާ މޯލްޑިވިއަން ޑިމަކްރަސީ ނެޓްވޯކް (އެމްޑީއެން) އަށް ތާއިދު ނުކުރާނެ ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝައިގް ޒައިދު ވިދާޅުވީ އިސްލާމް ދީނަށް ކުޑަކޮށްވެސް ލޯބިކުރާ މީހަކު އެމްޑީއެންގެ ރިޕޯޓްގެ ދިފާއުގައި ވާހަކަ ނުދައްކާނެ ކަމަށާއި އެމްޑީއެން އިން އިސްލާމް ދީނަށާއި ރާއްޖޭގެ ގާނޫނަށް ގޮން ޖަހާފައިވާ ކަމަށެވެ. 

މީގެ އިތުރުން އެމްޑީއެމްއިން މުޅި ރާއްޖެ ފިތުނަ ކުރުމަށް މަސައްކަތް ކުރަމުން ދާކަމަށާއި އެ ފިތުނަވެރި ލާދީނީ ޖަމިއްޔާ ދިފާއު ކުރާނީ ދެފުށް ދެގޮތް މީހުން ކަމާމެދު ޝައްކެއް ނެތް ކަމަށްވެސް ޝައިހް ވިދާޅުވިއެވެ.

ޞައިހް ޒައިދު މިމޭރުމުން ވާހަކަދައްވާފައި ވަނީ އެމްޑީއެންގެ ރިޕޯޓުގައި ހުރި ހުރިހާ ވާހަކައަކީ ގޯސް ވާހަކަ ނޫން ކަމަށާއި އެމްޑީއެމްއިން ނެރުނު ރިޕޯޓުގެ އަސްލު ގެއްލޭ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެފައިވަނިކޮށެވެ

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.