ނަލަ ހެދުމަކީ ނުވަތަ ޖަރީވުމަކީ ހަމަ އެކަނި އަންހެނުން ކޮށް އުޅޭކަމެއް ކަމުގައި ދެކުމަކީ އިންސާނީ ތަބީޢަތުގައިވާ ކަމެކެވެ. މޫނާއި އިސްތަށިގަނޑު އަދި ހަށިގަނޑު ނަލަކޮށް ބެހެއްޓުމަށް އަންހެނުން ލައްކަ ކަންކަން ކުރެއެވެ. އެހެން ކިޔައިގެން އެމީހުންނާ ފިރިހެންވެރިން ލައްކަ ދިމާވެސް ކުރެއެވެ. އެކަމަށް ހޭދަކުރާ ވަގުތާ މެދުގައާއި އެކަމަށްޓަކައި އެމީހުން މާލީ ގޮތުން ކުރާ ހޭދައާމެދުގައެވެ. އެހެން ނަމަވެސް މިކަމުގައި ފިރިހެންވެރިން ވަކި ދެރައެއް ނޫނެވެ.

މަހަކު ރީތި ކުރާ ސާމާނަށް ނުވަތަ ފަރިވާން ވެގެން ހޯދާ ސާމާނަށް އަންހެނުންވެރިން ހޯދާ މިންވަރަށް ނުވިޔަސް ފިރިހެންވެރިން ބޮޑު ހޭދައެއް ކުރެއެވެ. ތަފާތު ބްރޭންޑްތަކުގެ ސެންޓުތަކާއި ބޮޑީ ސްޕްރޭގެ އިތުރުން އިސްތަށިގަނޑު ބޭނުން ކިއްސަރަކަށް ދަމާލަން ކޮންމެ ކޮންމެ ހެއަރ ޖެލްއެއް ނުވަތަ ކްރީމެއް ކަމުނުދާ ކަމީ މިކަމުގެ ހެއްކެކެވެ. މީގެ އިތުރުން އަންނައުނާއި ބޫޓާ ފައިވާނަށް ދަންދެން އަބަދު އައު ކުރާ ފިރިހެންވެރިންވެސް އުޅެއެވެ. 

ރީތިވާން ހޭދަކުރާ ވަގުތު ތޯއެވެ؟ މިކަމުގައިވެސް އަރާތިބި ފިރިހެންވެރިން އެބަ އުޅެއެވެ. ބޭނުންވާ ގޮތަށް އިސްތަށިގަނޑު ހަދާ ނުލެވިގެން އެތައް އިރަކު ހޭދަ ކުރުމާއި ބޭނުންވާ ގޮތަށް ގަމީހުގެ ބެގީ ހަދާ ނުލެވި އެތައް ވަގުތެއް ހޭދަ ކުރާ މީހުންވެސް އުޅެއެވެ. އޮފީހަށް ނުވަތަ ޕާޓީއަކަށް ދާން ވެއްޖެނަމަ އެތައް އިރެއް ކުރިން ތައްޔާރުވާން ފިރިހެންވެރީންވެސް ފަށާ ކަމީ ހަގީގަތެކެވެ.

ތަފާތު ސެލޫންތަކަށް ގޮސް ފޭޝަލް ހެދުމާއި ދޮންވާން ނަން ހުސްކުރި އެކި ޒާތްޒާތުގެ ކްރީމާއި ބޭސް ބޭނުންކުރާ ފިރިހެންވެރިންނަކީވެސް ހަމަ ހަގީގަތުގައިވެސް އުޅޭ ބައެކެވެ. އެކަމަށް ބޮޑު ހޭދައެއްވެސް ކުރެއެވެ. ކޮންމެ ކޮންމެ އެއްޗެއް އަނެއްކަ ކަމަކުވެސް ނުދެއެވެ. އެކި ދިރާސާތައްކޮށް އެކަމުގެ މާހިރުން ކައިރިން ލަފާވެސް ހޯދާތަން ފެނެއެވެ. މިކަމުގެ ކުޑަކުޑަ މިސާލެކެވެ. ފިރިހެންވެރިން ގުދުރަތީ މޭކަޕް ކުރާނޭ ގޮތް ދައްކާލުމަށް 'އެސޮސް' ކިޔާ ޔޫކޭގެ އޮންލައިން ފިހާރައަކުން ފޭސްބުކްގައި އާންމުކޮށްފައިވާ ވީޑިއޯ މިހާތަނަށް 750000 މީހުން ބަލާފައިވެއެވެ.

މިހެން ދެންނެވިކަމުގައިވިޔަސް މިއީ ހުރިހާ ފިރިހެންވެރިންގެ ވާހަކައެއް ނޫނެވެ. ފަސް މިނެޓުން ފެންވަރާ ނަލަހެދިގެން ކޮޓަރިން ނުކުންނަ ފިރިހެންވެރިން މި ދިވެހިރާއްޖޭގައި ވަރަށް ގިނަވާނެއެވެ. ޖެލްދަޅަކާއި ލޯޝަން ފުޅިއަކާ ބޮޑީ ސްޕްރޭ ފުޅިއެއް އަދި ރޯލްއޯން ފުޅިއަކުން ފުއްދާލާ މީހުންވެސް ގިނައެވެ. ނަލަ ހެދުމާއި އެކަމަށް ކުރާ ހޭދައާއި ވަގުތަށް އަންހެންވެރިންނަށް އެކަނި އެބަސްތައް އަމާޒުކުރުން ހައްގެއްނޫނެވެ. ފިރިހެންވެރީންގެ ތެރޭގައިވެސް އަންހެންވެރީންނަށް ދޫ ނުކުރާވަރުގެ މީހުން އެބަ ތިއްބެވެ. އެކަމަކު އެވާހަކަ ނުދައްކަނީއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.