ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ހުސްވެފައިވާ މަގާމަށް އައްޔަން ކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް މަޖިލީހަށް ފޮނުއްވާފައިވާ ދެ ނަން ދިރާސާކުރުމަށްފަހު އަނބުރާ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވައިފި އެވެ.

މި މަގާމަށް އައްޔަންކޮށްދިނުމަށް ރައީސް ފޮނުއްވާފައިވަނީ ކުރީގެ ބަންޑާރަނައިބު ފާތިމަތު ދިޔާނާގެ ނަމާއި  ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރުގެ ނަމެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، މި ދެނަން ދިރާސާ ކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފޮނުވުމުން އެ ރިޕޯޓު އަނބުރާ ފޮނުވާފައިވަނީ އެ ކޮމިޓީއަށް ފެންނަ ގޮތެއް އެ ރިޕޯޓުގައި ހިމަނާފައިނުވާތީ ކަމަށެވެ.

ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ފަރާތްތަކާ އިންޓަވިއުކުރުމަށް ފަހު ޖޭއެސްސީއިން ރައީސްއަށް "ހައިލީ ރިކޮމެންޑް" ކޮށްފައިވަނީ ފާތިމަތު ދިޔާނާ ސައީދާއި، މަހާޒް އަލީ ޒާހިރު ސުޕްރީމް ކޯޓަށް އައްޔަނުކުރުމަށް ފެންނަ ކަމަށެވެ. 

އެ ދެބޭފުޅުންގެ ނަން ރައީސް ޞާލިހް މަޖިލީހަށް ފޮނުވާފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.