ބޮލީވުޑްގެ މަޝްޙޫރު ފިލްމީތަރި އަކްޝޭ ކުމާރު އިންތިޒާމުކުރާ އިންޑިއާގެ އެންމެ ގިނަ މީހުން ބައިވެރިވާ ކޫޑޯ މުބާރާތަކަށް ދިއުމަށް "ކޫޑޯ ޑައިޑޯ ޖުކޫ މޯލްޑިވްސް"” އިން ފަސް ދިވެހިން ފުރައިފިއެވެ.

މި މުބާރާތް ކުރިއަށްދާނީ މާދަމާއިން ފެށިގެން މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ގުޖުރާތުގައި ހުންނަ ޕަންޑިތު ދީންދަޔާލް އުޕާދޭ އިންޑޯ ސްޓޭޑިއަމްގައެވެ. މި މުބާރާތުގައި ބައިވެރިވުމަށް ފަސް ދިވެހިންނާއި އެކު ދެ ކޯޗުންވެސް ވަނީ އިންޑިއާއަށް ގޮސްފައެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ދިޔަ  ދިވެހިންނަނީ “ކޫޑޯ ޑައިޑޯ ޖުކޫ މޯލްޑިވްސް”ތަމްރީން ލިބިފައިވާ ހުނަރުވެރި ބައިވެރިންނެވެ. 


މިމުބާރާތުގައި ބައިވެރިވާ ޓީމުގައި ހިމެނެނީ  ކޫޑޯ މާލެ ބްރާންޗް 2 ކުޅުންތެރިން، ޝާކްސް މާޝަލް އާރޓް އެކަޑަމީގެ 2 ކުޅުންތެރިން އަދި ޝީން އަޓެމީ މޯލްޑިވްސްގެ 1 ކުޅުންތެރިއެކެވެ.

މި މުބާރާތަށް ވެފައިވާ ތައްޔާރީ ތައްޔާރީތަކާއި ބެހޭ ގޮތުން "ޖަޒީރާ ނިއުސް"އަށް ދިން އިންޓަވިޔުއެއްގައި ކޫޑޯ މޯލްޑިވްސްގެ ރައީސް އަޝްޙަމް ޢަބްދުﷲ ވިދާޅުވީ، މުބާރާތަށް ކުޅުންތެރިން ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށާއި، މުބާރާތުގައި ރަނގަޅު ހިސާބަކަށް ދެވޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ. 

"މި މުބާރާތަށް ޓީމު ވަރަށް ރަނގަޅަށް ތައްޔާރަށް އޮތީ. ވަރަށް ގިނަ ވަގުތު ހުރިހާ ބައިވެރިންވެސް ދިން.  އެންމެ އުފާކުރަނީ އެއްވެސް އަނިޔާގެ މައްސަލައެއް ނެތްކަން. އިރާދަކުރެއްވިއްޔާ މުބާރާތުގެ ރަނގަޅު ހިސާބަކަށް ދެވޭނެ" އަޝްޙަމް ވިދާޅުވިއެވެ.

ކޫޑޯ ބްލެކް ބެލްޓް އަދި އިންސްޓްރަކްޓަރ އަޝްޙަމް ޢަބްދުﷲ ގެ ދަށުން ދިވެހިރާއްޖޭގައި އުފެދުނު ކޫޑޯ ޑައިޑޯ ޖުކޫގެ ގޮފީގައި ޖަޕާނުގެ މިކްސްޑް އާޓްސްގެ ހުނަރުތައް ދަނީ ކިޔަވައިދެމުންނެވެ.

"ކޫޑޯ މޯލްޑިވްސް" މިހާތަނަށް ބައިނަލްއަޤުވާމީ 6 މުބާރާތެއްގައި ބައިވެރިވެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.