ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގާ ކުޑަކުދިންގެ ހިޔާ އާއި ފިޔަވައްޗަށް ހިލޭ ގޭސް ފޯރުކޮށްދިނުމަށް މޯލްޑިވް ގޭހުން ނިންމައިފި އެވެ.

މިއަދު ހެނދުނު ސިޓީ ސްކޮޔާގައި އޮތް ރަސްމިއްޔާތެއްގައި މިކަމާއި ގުޅޭ އެއްބަސްވުމުގައި ޖެންޑާ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޝިދާތާ ޝަރީފެވެ. މޯލްޑިވްސް ގޭސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ އިކްރާމް އެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މިނިސްޓަރު ޝިދާތާ ވިދާޅުވީ، ދައުލަތުން ބޮޑެތި ހަރަދުތައް ކޮށްގެން ކުޑަކުދިން ބަލަހައްޓާ މަރުކަޒުތައް ހިންގަނީ ގިނަ ބައެއްގެ އެހީތެރިކަމާއި އެކީގައި ކަމަށާއި އެ ކުދިންގެ ދިރިއުޅުމަށް އިތުރު ތަރައްގީތައް ގެނެސްދިނުމަށްޓަކައި އަދިވެސް ގިނަ ބައެއްގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ.

"ދައުލަތުން ކުދިން ބަލަހައްޓާއިރު، ދައުލަތުން ވެސް ބޮޑެތި ހަރަދުތަކެއް ކޮށްގެން އެކަން ކުރަނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާ އެކު" މިނިސްޓަރ ޝިދާތާ ވިދާޅުވިއެވެ.

މިނިސްޓަރ ޝިދާތާ ވަނީ މޯލްޑިވް ގޭހުން ކުޑަކުދިންގެ ހިޔާތަކަށް ފޯރުކޮށްދިން އެހީތެރިކަމަށްޓަކައި، މޯލްޑިވް ގޭހުގެ އިސް ފަރާތްތަކުގެ އިތުރުން އެކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކޮށްފައެވެ.

މޯލްޑިވް ގޭސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ އިކްރާމް ވިދާޅުވީ، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ މުސްތަގުބަލު އުޖާލާ ކުރުމަށްޓަކައި މޯލްޑިވް ގޭހުގެ ފަރާތުން ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށާއި، އަދި މުސްތަޤުބަލުގައިވެސް އެހީތައް ފޯރުކޮށްދެމުން އަންނާނެ ކަމަށެވެ.

މޯލްޑިވް ގޭހުންވަނީ، ކުންފުނީގެ 20 ވަނަ އަހަރީ ދުވަހާއި ގުޅިގެން ކުޑަކުދިންގެ ހިޔާތަކަށް ޖުމްލަ 10,000 ރުފިޔާގެ ތަކެތި ހަދިޔާ ކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.