މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 307 މިލިއަން ރުފިޔާގެ ފައިދާއެއް ލިބި، އެ ބޭންކުގެ ހިންގުމުގެ ފައިދާ އެއް ބިލިއަން ރުފިޔާއަށް ވުރެ މައްޗަށް ހިނގައްޖެއެވެ.

ބީއެމްއެލްގެ ތިން ވަނަ ކުއާޓަރުގެ މާލީ ހާލަތު ހާމަ ކުރުމަށް އެބޭންކުގެ އާ ސީއީއޯ، ޓިމް ސޯޔާ ރާއްޖޭގެ މީޑިޔާތަކާއި އެކު މިއަދު ހޮޓެލް ޖެންގައި ބޭއްވި ލަންޗެއްގައި ވިދާޅުވީ،  ބީއެމްއެލް މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ނިޔަލަށް ހިންގުމުގެ ފައިދާގެ ގޮތުގައި 1.2 ބިލިއަން ރުފިޔާ ހޯދައިފައިވާ ކަމަށާއި، މިއީ މިދިޔަ އަހަރުގެ މި މުައްދަތާއި އަޅާ ބަލާއިރު ހަތަރު އިންސައްތައިގެ އިތުރުވުމެއް ކަމަށެވެ.

މީގެ އިތުރުން ޓިމް ސޯޔާ ވިދާޅުވީ، ބޭންކަށް ލިބުނު ފައިދާ އިތުރުވެފައިވަނީ ވިޔަފާރީގެ ހުރިހާ ދާއިރާ އަކުންވެސް ކުރިއެރުން ލިބުމުގެ ސަބަބުން ކަމަށެވެ.

މީގެ އިތުރުން ބޭންކުގެ ރައުސްމާާލާއި ލިކުއިޑިޓީ ރޭޝިއޯ ވަނީ ގާނޫނުން ލާޒިމް ކުރާ މިންވަރަށް ވުރެ މަތީގައި ހިފަހެއްޓިފައިކަން ޓިމް ފާހަގަ ކުރެއްވި އެވެ،

އަދި މިހާރު ބެންކުން އެންމެ އިސްކަމެއް ދޭ ކަމަކީ މުޅި ރާއްޖެއަށް ބޭންކިންގެ ހިދުމަތްދީ، ކަސްޓަމަރުންނަށް ދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް ޓިމް ވިދާޅުވި އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.