ވިލިމާލޭގެ ގޭބީސީތަކުގައި ކުނި އުފެދޭ މިންވަރު ދެނެގަތުމަށް ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަން، ވެމްކޯ އިން، ސާވޭއެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

"ވޭސްޓް ސާވޭ އަދި އޮޑިޓް" ގެ ނަމުގައި ތިން ހަފްތާގެ ނިޔަލަށް ކުރިއަށް ގެންދާ އެ ސާވޭ ފަށާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

އެ ސާވޭ އަކީ ވިލިމާލޭގެ އެކި ޒޯނުތަކުން ހޮވާލެވޭ 336 ގޭބީސީ އަށް ވެމްކޯ އިން ޒިޔާރަތްކޮށް ކުރިއަށްގެންދާނެ ސާވޭ އެކެވެ.

ވެމްކޯއިން ވަނީ ސާވޭގެ ނަމުގައި ގޭބީސީތަކަށް ޒިޔާރަތްކުރާ މީހުންނަކީ ވެމްކޯގެ މުވައްޒަފުންކަން ޔަގީން ކުރުމަށް އެކުންފުނިން އިލްތިމާސް ކޮށްފައެވެ. 

ވެމްކޯއިން ބުނީ ސާވޭ ކުރާ 336 ގޭބީސީގައި އުފައްދާ ކުނިކޮތަޅު ބޭނުންކޮށްގެން ބޭސްޓް އޮޑިޓެއްކުރިއަށް ގެންދަން ނިންމާފައިވާ ކަމަށާއި، އެ އޮޑިޓަށް ބިނާކޮށް ވެމްކޯ އިން ދޭ ހިދުމަތް އިތުރަށް ފުޅާކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.