ޑްރަގް ކޯޓުގެ ގާޒީ މަހާޒު އަލީ ޒާހިރު އަދި ކުރީގެ ބަންޑާރަ ނައިބު ފާތިމަތު ދިޔާނާ ސައީދު ސުޕްރީމް ކޯޓަށް އައްޔަނު ކުރުމާމެދު ދިރާސާ ކުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް ފޮނުވައިފިއެވެ.

ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ފަރާތްތަކާ އިންޓަވިއުކުރުމަށް ފަހު ޖޭއެސްސީއިން ރައީސްއަށް "ހައިލީ ރިކޮމެންޑް" ކޮށްފައިވަނީ ފާތިމަތު ދިޔާނާ ސައީދާއި، މަހާޒް އަލީ ޒާހިރު ސުޕްރީމް ކޯޓަށް އައްޔަނުކުރުމަށް ފެންނަ ކަމަށެވެ. 

އެ ދެބޭފުޅުންގެ ނަން، ރައީސް ޞާލިހް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ.

އެ ދެބޭފުޅުންގެ ނަން ފޮނުވާ ރައީސް ޞާލިހް ފޮނުއްވެވި ސިޓީގައި ވަނީ ޖޭއެސްސީން އެމަނިކުފާނަށް  ފޮނުވާފައިވާ ނަންފުޅުތަކުގެ ތެރެއިން ގދ. މަޑަވެލި މޭނާ، މަހާޒް އަލީ ޒާހިރު އާއި ސ. ހުޅުދޫ ގޯރަން ވިލާ ފާތިމަތު ދިއާނާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަނު ކުރުމަށް ފެންނަ ކަމަށެވެ

ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުކަމުގެ މަގާމަކީ އަބްދުﷲ ދީދީ މަގާމުން ވަކިކުރުމުން ހުސްވި މަގާމެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.